ސުވިޑަންގެ ޕްރިންސަސް މެޑްލިން އާއިލާއާއެކު ސޮނެވާފުށީގައި

ޕްރިންސަސް މެޑްލިން ސޮނޭވާގައި،-- ފޮޓޯ ފޭސްބުކް
ޕްރިންސަސް މެޑްލިން ސޮނޭވާގައި،– ފޮޓޯ ފޭސްބުކް

ޕްރިންސަސް މެޑްލިން ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ސޮނެވާފުއްޓަށް އައީ އެ ކަމަނާގެ ފިރިމީހާ އާއި 23 މަހުގެ ދަރިކަނބަލުން ޕްރިންސަސް ލިއޮނޯ އާއި ހަތްމަހުގެ ދަރިކަލުން ޕްރިންސް ނިކޮލަސް ގޮވައިގެންނެވެ.

ސޮނެވާފުށީގައި ޗުއްޓީ ހޭދަކުރަމުންދާ ބައެއް ފޮޓޯވެސް ޕްރިންސް މެޑްލިންގެ ރަސްމީ ފޭސްބުކް ސަފުހާގައި ވަނީ ހިއްސާކޮށްފައެވެ.

Family time, sadly interrupted. What a pity we weren't just asked for photos, because here are some sweet ones.

Posted by Princess Madeleine of Sweden on Wednesday, January 20, 2016

“އާއިލީ ވަގުތު ކުއްލިއަކަށް މެދުކަނޑާލީ. ފޮޓޯކޮޅެއްދޭން ނޭހީތީ ކިހާދެރަ. ސަބަބަކީ މިހިރީ ހިތްގައިމު ފޮޓޯ،” ފޮޓޯ ތައް ހިއްސާ ކުރަމުން މެޑްލިން ލިޔެފައިވެ އެވެ.

ބޭރުގެ ބައެއް މީޑިއާ ތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ސްވިޑަންގެ ޝާހީ އާއިލާ އިން ސޮނެވާފުށީގައި ތިއްބަވަނީ ދުވާލަކު 6865 ޔޫ.އެސް ޑޮލަރަށް ދޫކޮށްފައިވާ ޕްރައިވެޓް ވިލާ އެއްގައެވެ.

ޕްރިންސަސް މޭޑަލިން ކައިވެނި ބައްލަވައިގެން އުޅުއްވަނީ ނިއު ޔޯކްގެ ފައިނޭންސަރެއް ކަމަަށްވާ ކްރިސް އޮނެއިލް އާ އެވެ.

ގިނަ ދުވަސްތަކެއް ވަންދެން ނިއު ޔޯކްގައި އުޅުއްވުމަށްފަހު ޕްރިންސަސް މޭޑަލިންގެ އާއިލާ މިހާރު ދިރިއުޅުއްވަމުން ގެންދަވަނީ ލަންޑަންގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.