މައި ކޮލެޖުގެ ބްރާންޗެއް އޭދަފުށީގައި ހުޅުވައި ކިޔަވައިދޭން ފަށައިފި

މައި ކޮލެޖުން އޭދަފުށީގައި ފެށީ ޑިޕްލޮމާ ކޯހުގެ ބައިވެރިންނަށް ރެކްޓާ ޑރ އާމާލު އަލީ މައުލޫމާތުދެނީ-- ފޮޓޯ / މައި ކޮލެޖު
މައި ކޮލެޖުން އޭދަފުށީގައި ފެށީ ޑިޕްލޮމާ ކޯހުގެ ބައިވެރިންނަށް ރެކްޓާ ޑރ އާމާލު އަލީ މައުލޫމާތުދެނީ– ފޮޓޯ / މައި ކޮލެޖު

މިއާންޒް އިންޓަނޭޝަނަލް ކޮލެޖް (މައި ކޮލެޖް)ގެ ބްރާންޗެއް ބ. އޭދަފުށިގައި ހުޅުވައި ކިޔަވައި ދޭން ފަށައިފި އެވެ.

އެ ކޮލެޖުން ބުނި ގޮތުގައި ބުރާސްފަތި ދުވަހު އެ ކޮލެޖުން ފުރަތަމަ ފަށާފައިވަނީ ޑިޕްލޮމާ އިން ހިއުމަން ރިސޯސް މެނޭޖްމަންޓް ކޯހެކެވެ. އެ ކޯހުގައި ކިޔަވައިދެނީ ބްލޮކް ބޯޑަށެވެ.

މައި ކޮލެޖްގެ ރެކްޓާ އަދި ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ޑރ އާމާލު އަލީ ވިދާޅުވީ އެހެނިހެން ދާއިރާތަކަށް އަމާޒުކޮށްގެންވެސް ކޯސްތައް އޭދަފުށީ ބްރާންޗުގައި ކައިރި މުސްތަގުބަލެއްގައި ފަށާނެ ކަމަށާއި އިތުރު ކޯސްތަކާއެކު އޭދަފުށީ ބްރާންޗު ކެމްޕަހަކަށް ބަދަލުވެގެންދާނެ ކަމަށެވެ.

މައި ކޮލެޖަކީ ކުރީގެ އިންޓަނޭޝަނަލް އިންސްޓިޓިއުޓް ފޯ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް (އައިއައިޕީޑީ) އެވެ. އެތަނުގެ ނަން ބަދަލުކުރީ ހަޔަ އެޑިއުކޭޝަނުން ކޮލެޖެއްގެ ދަރަޖަ ދިނުމާ ގުޅިގެންނެވެ.

އޭދަފުށީގެ އިތުރުން މާލެ އާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގެ 13 ރަށެއްގައި ވެސް މައި ކޮލެޖުގެ ކެމްޕަސްތަކާއި ބްރާންޗުތައް ހުރެ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.