ބ. އަތޮޅު ތައުލީމީ މަރުކަޒުން އޭލެވެލްއަށް ފުރުސަތު ހުޅުވާލައިފި

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންތަކެއް ސްކޫލުގެ އެސެމްބްލީގައި މަޑުކޮށްލައިގެން، -- އީޓީ ފައިލް ފޮޓޯ
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންތަކެއް ސްކޫލުގެ އެސެމްބްލީގައި މަޑުކޮށްލައިގެން، — އީޓީ ފައިލް ފޮޓޯ

ބ. އަތޮޅު ތައުލީމި މަރުކަޒުގައި އޭލެވެލަށް ކިޔަވަން ބޭނުންވާ ދަރިވަރުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނި ގޮތުގައި އޭލެވެލަށް ކިޔަވަން ބޭނުންވާ ދަރިވަރުން އަންނަ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހުގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންޖެހެ އެވެ.

ޝަރުތުތައް:

    • 2014 ނުވަތަ 2015 ވަނަ އަހަރު އެސް.އެސް.ސީ. އިމްތިހާނުގައި ދިވެހި ނުވަތަ އިސްލާމް އިން ދަށްވެގެން “ސީ” ފާސްލިބިފައިވުން.
    • 2014 ނުވަތަ 2015 ވަނަ އަހަރުގެ ޖީ.ސީ.އީ. އޯލެވެލް / އައި.ޖީ.ސީ.އެސް.އީ އިމްތިހާނުން ކޮންމެވެސް އެއް ސްޓްރީމަކުން (ސައިންސް ނުވަތަ ކޮމާރސް) މަދުވެގެން 2 މާއްދާއިން ދަށްވެގެން “ސީ” ފާސްލިބިފައިވުން. (މި ދެމާއްދާއަކީ މި ސްކޫލްގެ ގްރޭޑް 11 އަދި 12 ގައި ކިޔަވައިދޭ ދެމާއްދާ ކަމުގައި ވާންޖެހޭނެއެވެ.

    • 2014 ނުވަތަ 2015 ވަނަ އަހަރުގެ ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.އީ. އިމްތިހާނުން މަތީގައިވާ މާއްދާތަކުގެ އިތުރުން 1 މާއްދާއިން ދަށްވެގެން “ސީ” ފާސްލިބިފައިވުން. (އިސްލާމް، ދިވެހި ފިޔަވާ އެހެން މާއްދާއެއް)

    • 2014 ނުވަތަ 2015 ވަނަ އަހަރުގެ ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.އީ. އިމްތިހާނުން މަތީގައިވާ މާއްދާތަކުގެ އިތުރުން 1 މާއްދާއިން ދަށްވެގެން “ޑީ” ފާސްލިބިފައިވުން. (އިސްލާމް، ދިވެހި ފިޔަވާ އެހެން މާއްދާއެއް). މި

    ކުރައިޓީރިޔާގެ ދަށުން ހުށަހަޅާ ދަރިވަރުންނަށް ވަދެވޭނީ ކުލާސްތަކުގައި 25 ދަރިވަރުން ހަމަނުވާނަމެއެވެ.

އަތޮޅު ތެރޭގައި ފުރަތަމަ އޭލެވެލް އަށް ކިޔަވައިދޭން ފެށި ސްކޫލުތަކުގެ ތެރޭގައި ހިމެނޭ އެ ސްކޫލުގައި އޭލެވެލުގައި ކިޔަވާ ދަރިވަރުންނަށް ގިނަ ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ ސްކޯލަޝިޕްތަކެއް ދަނީ ދެމުންނެވެ.

މީގެ ކުރިން މަތީ ސާނަވީގެ ކިޔެވުން އަބަދުވެސް ފަށަނީ ޖޫން މަހުގެ ތެރޭގައި ނަމަވެސް މިއަހަރު އަހަރު ކިޔެވުން ފަށާނީ މާޗު މަހުގެ ތެރޭގަ އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގައި އޭލެވެލްއަށް ކިޔަވައިދޭން ފެށީ 2001ވަނަ އަހަރު އެވެ. އަދި އޭގެ ފަހުން އޭލެވެލް އިމްތިހާނުގައި ރަނގަޅު ނަތީޖާތަކެއް އެ ސްކޫލުން ކޮންމެ އަހަރަކުވެސް އަންނަނީ ހޯދަމުންނެެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.