ސެންޓޭގެ ފަރާތުން އޭދަފުށީ ޓީމަށް ކެއުމެއް ދީފި

ސެންޓޭގެ ފަރާތުން އޭދަފުށީ ޓީމަށް ރޭ ދިން ކެއުމުގެ ތެރެއިން
ސެންޓޭގެ ފަރާތުން އޭދަފުށީ ޓީމަށް ރޭ ދިން ކެއުމުގެ ތެރެއިން

މިނިވަން ފަންސާސް ފުޓްބޯޅަ މުބާރާތުގައި ކުޅުނު އޭދަފުށީ ޓީމަށް ޢަލީ ފާސިރު (ސެންޓޭ) ރޭ ކެއުމެއް ދީފި އެވެ.

ޤައުމީ ޓީމުގައި މުހިއްމު ދައުރެއް އަދާކުރާ އަދި މިހާރު ޓީސީ ސްޕޯޓްސް އަށް ބަދަލުވެފައިވާ އޭދަފުއްޓަށް އުފަން ސެންޓޭ އޭދަފުށީ ޓީމަށް ދިން ކެއުން އޮތީ އައްޑޫ ސިޓީ ހިތަދޫގެ ކުއެންޗް ރެސްޓޯރެންޓް ގައެވެ. މި ކެއުމުގައި މިވަގުތު އައްޑޫ ސިޓީގައި ތިބި އޭދަފުށީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ބައިވެރިވެފައެވެ.

މިނިވަން ފަންސާސް ފުޓްބޯޅަ މުބާރާތުގައި ވާދަކުރި އޭދަފުށީ ޓީމަށް ވަނީ ހެޔޮއެދޭ އެކި ފަރާތްތަކުން ކެއުން ސްޕޮންސަ ކޮށްފައެވެ. މުބާރާތުގެ ފަހުބުރު ކުޅުމަށް އައްޑޫގައި ތިބި މި ޓީމަށް ދާދިފަހުން ވަނީ އައްޑޫ ސިޓީގެ ފްރެންޑްސް ކްލަބުގެ ފަރާތުންނާއި އޭދަފުށީ އެޓޯލް ކިއުޓް ގްރޫޕުންވެސް ރޭގަނޑުގެ ކެއުމެއް ދީފައެވެ.

މިނިވަން ފަންސާސް ފުޓްބޯޅަ މުބާރާތުން އޭދަފުއްޓަށް ލިބުނީ ތިންވަނަ އެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ފަރެސްމާތޮޑާ 1-0 އިން ބަލިކޮށް އައްޑޫ ސިޓީގެ ފޭދޫ ޓީމެވެ. އޭދަފުށީ ޓީމު މާލެ ދިއުމަށް ހަމަޖެހިފައިވަނީ މިއަދު އެވެ. އަދި ޓީމު މިރޭ އޭދަފުއްޓަށް އަންނާނެ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. އިބްރާހިމ

    މިނިވަން 50 ފުޓްބޯޅަ މުބާރާތުގެ ޚަބަރު ވަރަށް ރަގަޅަށް މިނޫހުގެ ފަރާތުން ގެނެސް ދެމުން އައިސް ފައިނަލްމެޗްގެ ޚަބަރު ގެނެސްދީފައި ނުވާތީ ހިތާމަކުރަން – ފައިނަލްމެޗްގެ ޚަބަރު ސެންޓޭ އޭދަފުށީޓީމަށް ކެއުމެއްދިން ޚަބަރުގެ ތެރެއިން ގެނެސްދިނުމަކީ ރަގަޅުގޮތެއް ނޫން ދޯ ؟

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.