ކަމަދޫން ގޯއްޗަށް އެދުނު މީހުންގެ ފޯމުތައް ބާތިލްކޮށްފި

ކަމަދޫ. އެ ރަށުން ދޫކުރާ އަށް ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓް ވަނީ އާއްމުކޮށްފައި
ކަމަދޫ. އެ ރަށުން ގޯއްޗަށް އެދުނު ފަރާތްތަކުގެ ފޯމުތައްވަނީ ބާތިލުކޮށްފައި

ބ. ކަމަދޫން ގޯތި ދޫނުކޮށް އޮންނަތާ ތިން އަހަރަށް ފަހު ގޯތި ދޫކުރަން އިއުލާން ކުރުމާ ގުޅިގެން ގޯއްޗަށްއެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ފޯމްތައް ބާތިލު ކޮށްފިއެވެ.

ބ. ކަމަދޫ ކައުންސިލުން ބުނީ އެކައުންސިލުން މިދިޔަ އަހަރުގެ ފަހުކޮޅު ކުރި އިއުލާނާއި ގުޅިގެން އެރަށުން ގޯއްޗަށް އެދިފައިވާ ފަރާތްތަކުގެ ފޯމްތައް ބާތިލު ކުރުމަށް އެކައުންސިލުން 20 ޖަނަވަރީ 2016 ގައި ބޭޢްވި ދެވަނަ ދައުރުގެ 10 ވަނަ ޖަލްސާއިން ފާސް ކޮށްފައިވާ ކަމަށެވެ.

“މިގޮތަށް ފާސް ކުރަން ޖެހުނީ ކައުންސިލުން ގޯތި ދިނުމަށް ކަނޑައަޅާފައިވަ އުސޫލުތަކާއި ބ. އަތޮޅު ކައުންސިލުން ކަނޑައަޅާފައިވާ ބަންޑާރަ ގޯތި ދިނުމުގެ އުސޫލާއި ފުށުއަރާތީ،” ކަމަދޫ ކައުންސިލުން ބުންޏެވެ.

ބަންޑާރަ ގޯތި ދިނުމަށް އަލުން އުސޫލުތައް އެކުލަވާލުމަށް ފަހު ވަރަށް އަވަހަށް ބަންޑާރަ ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށްވެސް އެރަށޫ ކައުންސިލުން ބުނެއެވެ.

ތިން އަހަރަށް ފަހު އެ ރަށުގެ ދެކުނު ފަރާތުން ކަމަދޫ ސްކޫލުގެ ފުރަގަހުގައި ހުރި ހުސްބައިގެ އިތުރުން މިހާރު ދޫކުރެވިފައިވާ ގޯތި ތަކުގެ ދެކުނަށް އޮންނަ ހުސް ބިމުން ގޯތި ދޫކުރަން ފަށާއިރު މި ފަހަރު ދޫކުރުމަށް ހަމަޖެހިފައިވަނީ 2000 އަކަފޫޓުގެ 8 ގޯތި ކަމަށްވެސް އެރަށު ކައުންސލިލުން ބުންޏެވެ.

ކަމަދޫ އަކީ އާބާދީގައި ފައްސަތޭކައެއްހާ މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.