ހެލްތު މިނިސްޓަރ ޑރ. އިރުތިޝާމް އާދަމް މިއަދު އޭދަފުއްޓަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެ އެވެ.
މިނިސްޓަރުގެ މި ދަތުރުފުޅުގައި އޭދަފުށީގެ އިތުރުން މިއަތޮޅު ދޮންފަނަށް ވެސް ވަޑައިގަންނަވާގޮތަށްވަނީ ހަމަޖެހިފައެވެ.
މިނިސްޓަރުގެ މި ދަތުރުފުޅަކީ ދޮންފަނުގައި އަލަށް އިމާރާތްކުރި ހެލްތް ސެންޓަރު ހުޅުވުމަށާއި ބ. އަތޮޅު ހޮސްޕިޓަލް ހިނގަމުން އަންނަ ގޮތް ބައްލަވާލެއްވުމަށް ކުރާ ދަތުރުފުޅެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިނިސްޓަރު އޭދަފުއްޓަށް ވަޑައިގަންވާގޮތަށް ހަމަޖެހިފައިއޮތީ މިއަދުގެ ހަވީރުގެ ވަގުތެއްގަ އެވެ. އަދި މާދަމާ ރަށު ކައުންސިލާ ބައްދަލުކުރާގޮތަށްވެސް ވަނީ ހަމަޖެހިފަ އެވެ.