ދިރާގުން 75ރ އަށް 3ޖީބީ ލިބޭ ޑޭޓާ ޕެކެއް ތައާރަފުކޮށްފި‎

ދިރާގުގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް 75 ރުފިޔާ އަށް 3 ޖީބީގެ ޑޭޓާ ލިބޭ ވެލިއު ޕެކެއް ތައާރަފުކޮށްފި އެވެ.

ދިރާގުން ބުނިގޮތުގައި އަލަށް ތައާރަފުކުރި މި ޕެކޭޖަކީ ކޮވިޑް19ގެ މި ދުވަސްވަރު ކަސްޓަމަރުންނަށް ލުޔެއް ހޯދައިދިނުމަށްޓަކައި ތައާރަފުކުރި ޕެކޭޖެކެވެ.

ދިރާގު އެޕްލިކޭޝަން ބޭނުން ކޮށްގެން މި ޕެކޭޖް އެކްޓިވޭޓް ކުރެވޭނެއެވެ. ޕެކޭޖްގެ މުއްދަތަކީ އެކްޓިވޭޓް ކުރާ ދުވަހުން ފެށިގެން ހަތް ދުވަހެވެ. މެއި މަސް ނިމެންދެން މި ޕެކޭޖް ނެގޭނެ ކަމަށް ދިރާގުން ބުނެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ގިނަ ބަޔަކު މިހާރު ގޭގައި މަޑުކުރަން ޖެހުމުން ޑޭޓާ ބޭނުން ކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ދިރާގުން ބުނެއެވެ.

އެގޮތުން މިދިޔަ މަސްތަކުގައި ޑޭޓާ ބޭނުންކުރި މިންވަރު، ކުރިން ނުދާހާ މައްޗަށް ގޮސްފައިވާ ކަމަށ ވެސް އެ ކުންފުނިން ބުނެ އެވެ.

ކޮވިޑް-19 އާ ގުޅިގެން މި ދުވަސްވަރު ޑޭޓާ ބޭނުންކުރާ މިންވަރު އިތުރުވާނެ ކަމަށް ބަލައި ދިރާގުން ވަނީ މީގެ ކުރިން ވެސް ކަސްޓަމަރުންނަށް ލުއި ގޮތްތަކެއް ފަހިކޮށްދީފަ އެވެ.

މީގެ އިތުރުން ދިރާގުން ވަނީ މި މަހު އެކުންފުނީގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް 50 ޕަސެންޓު އިތުރު ޑޭޓާ ވެސް ދީފަ އެވެ. އަދި މެއި މަހު ވެސް މި ޑޭޓާ ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.