ދޮންފަނު ސިއްހީ މަރުކަޒު ހުޅުވައިފި

ހެލްތު މިނިސްޓަރ އިރުތިޝާމް އާދަމް ބ.އަތޮޅު ދޮންފަނު ސިއްޙީ މަރުކަޒު ހުޅުއްވައިދެއްވުން - ފޮޓޯ: ޕީއެސްއެމް ނިއުސް
ހެލްތު މިނިސްޓަރ އިރުތިޝާމް އާދަމް ބ.އަތޮޅު ދޮންފަނު ސިއްޙީ މަރުކަޒު ހުޅުއްވައިދެއްވުން – ފޮޓޯ: ޕީއެސްއެމް ނިއުސް

ބ. ދޮންފަނުގައި ސަރުކާރުން އިމާރާތް ކޮށްފައިވާސިއްހީ މަރުކަޒު ރަސްމީކޮށް އިއްޔެ ހުޅުވައިފި އެވެ.

ދޮންފަނުގައި އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ސިއްހީ މަރުކަޒު ހުޅުވައި ދެއްވީ ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމު އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ސިއްހީ ޚިދުމަތަކީ ކޮންމެ ރައްޔިތަކުވެސް ދިރިއުޅޭ ރަށުން އެކަށީގެންވާ ގޮތަކަށް ލިބޭނެ އަސާސީ ޚިދުމަތަކަށް ހެއްދެވުމަކީ ސަރުކާރުން ވަރަށްވެސް އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ. އަދި މި ދާއިރާއިން ބައެއް ރަށްރަށުގައި ލިބެންނުހުންނަ ބޮޑެތި ޚިދުމަތްތައް، ރަށާއި ކައިރިން ފަސޭހައިން ލިބޭނެފަދަ ގޮތަކަށް އިންތިޒާމް ކުރެއްވުމަށް މަސައްކަތް ކުރައްވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

500 މީހުންގެ އާބާދީއެއް އޮންނަ މިއަތޮޅު ދޮންފަނުގައި ސިއްޙީ ޚިދުމަތް ދިނުމަށް ވަކި އިމާރާތެއް އަޅާފައި މިވަނީ އަލަށެވެ. މީގެ ކުރިން އެރަށުގައި ސިއްޙީ ޚިދުމަތް ފޯރުކޮށްދިނީ ރަށުކައުންސިލްގެ އިދާރާގެ ގޯތި ތެރޭގައި ވަރަށް ދަތި އުނދަގޫތަކާއި އެކު ކަމަށް ދޮންފަނު ކައުންސިލުން ބުންޏެވެ.

މިނިސްޓަރު އިރުތިޝާމް ބ އަދި ރ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި އިއްޔެ ދަރަވަންދޫ ސިއްޙީ މަރުކަޒަށް ވަޑައިގެން އެ މަރުކަޒު ވަނީ ބައްލަވާލައްވާފައެވެ. އަދި ރޭ ވަނީ ބ. އަތޮޅު ސިއްހީ މަރުކަޒަށް ވަޑައިގެން އެ ހޮސްޕިޓަލުގެ މުވައްޒަފުންނާއި ބައްދަލު ކުރައްވައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.