އަޒަމްގެ ކޮޑުހުޅު އޮތީ އެއްކޮށް ފުޑުފުޑުވެފައި، އިތުރު ފަރުވާއަށް މިރޭ ބޭރަށް ފުރާނެ

އަޒަމް ފާރިޝް
އަޒަމް ފާރިޝް

ސައިކަލަކާއި ޕިކަޕެއް ޖެހިގެން އޭދަފުށީގައި އިއްްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓްގެ ސަބަބުން އަނިޔާ ލިބުނު އަޒަމް ފާރިޝްގެ ކަނާތު ކޮޑުހުޅު އޮތީ އެއްކޮށް ފުޑުފުޑުވެފައި ކަމަށް އޭނާގެ އާއިލާއިން ބުނެފި އެވެ.

އަޒަމްގެެ ބައްޕަ އަބްދުލް ބާރީ މުހައްމަދު މިރޭ “އީޓީ” އަށް ވިދާޅުވީ އަޒަމްއަށް އިތުރު ފަރުވާދިނުމަށް މިރޭ އޭނާ ރާއްޖެއިން ބޭރަށް ފުރާނެ ކަމަށެވެ.

ބުރާސްފަތި ދުވަހު މެންދުރު މި އެކްސިޑެންޓް ހިނގީ ސީރިއަސް ބަލިމީހަކަށް ފަރުވާ ދިނުމަށް އަޒަމް ސައިކަލުގައި އެހެން ޑޮކްޓަރަކާއެކު ހޮސްޕިޓަލަށް ދިޔަ މަގުމަތީގަ އެވެ.

 

“ޑރ. ރާނިޔާ ޑިއުޓީގައި ހުންނަވާފައި އަޒަމް އަށް ގުޅާފަ ބުނީ ވަރަށް ސީރިއަސް ޕޭޝަންޓެއް އެބައޮތޭ. އައިސްދީ ބަލާށޭ. އޭރު އަަޒަމް ޑިއުޓީ ނިންމާފައި އޮތީ ގޭގައި، އަޒަމް އެވަގުތު ހޮސްޕިޓަލަށް ދިޔައި އަނެއް ޑޮކްޓަރުވެސް ގޮވައިގެން ސައިކަލުގެ ފަހަތުގައި އެ ސީރިއަސް މީހާއަށް ފަރުވާދޭން ވެގެން. ،”

މި އެކްސިޑެންޓްގައި އަޒަމް ފަނަރަ ވަރަަކަށް ފޫޓަށް ވިއްސައިގެންދިޔަ ކަމަށްވެ އެވެ. އަދި އެވަގުތު އަޒަމްގެ ސައިކަލުގެ ފަހަތުގައި އިން ދިވެހި އަނެއް ޑޮކްޓަރުގެ ކަކުލުގެ ހަން މަށައިގެން ގޮސް، ކަކުލުހުޅުވަނީ ދުޅަވެފަ އެވެ. އޭނާވެސް ވަނީ އައިޖީއެމް އެޗުން ރޭ ފަރުވާ ހޯދައިފަ އެވެ.

އަޒަމް ބުނީ މިއީ ވަރަށް ނުރައްކާތެރި އެކްސިޑެންޓެކޭ. ކިރިޔާއޭ ފުރާނަ ސަލާމާތްވީ، ބޮލެއް ތަނެއްގައި އެ ޕިކަޕުން ޖެހުނުނަމަ ވަރަށް ވަރަށް ނުރައްކާތެރިވީހޭ،”

މި މައްސަލަ ފުލުހުންދަނީ އިތުރުރަށް ތަހުގީގު ކުރަމުންނެވެ. އެކުސިޑެންޓް ހިނގަން މެދުވެރިވި ސަބަބު އަދި ވަނީ ސާފުވާގޮތް ނުވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.