
މާލެ އިން ފުރައިގެން އުތުރުގެ ތިން އަތޮޅަކަށް ދަތުރުކުރި “އަމާޒު” ބޯޓުން ދަތުރުކުރި މީހަކު ބ. ކެންދޫގައި ކަރަންޓީނު ކުރުމުން އެރަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މޮނިޓަރިން ލިސްޓުގައި ހިމަނައިފި އެވެ.
އަމާޒު ބޯޓުން ދަތުރުކުރި މީހަކު ކެންދޫގައި ހުރި ޚަބަރު ލިބުމާއެކު އެ މީހާ މިވަގުތު ހުރީ އެރަށު ކަރަންޓީނު ފެސިލިޓީގައި އެކަހެރިކޮށްފަ އެވެ.
މި ބޯޓުން 98 މީހަކު ދަތުރުކޮށްފައިވާއިރު މި ބޯޓަކީ މި މަހުގެ 15 ވަނަ ދުވަހު މާލެއިން ފުރި ބޯޓެކެވެ. މި ބޯޓުގެ ކެޕްޓަން ޕޮޒިޓިވްވުމުން އެ ބޯޓު ދަތުރުކުރި ރަށްތައް މިހާރު ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.
ބ. އަތޮޅުން މީގެ ކުރިން ވަނީ ފުޅަދޫ މޮނިޓަރިންއަށް ގެނެސްފައެވެ.
