އޭދަފުށީގެ މަގު ހެދުމަށް ބޭނުންވާ ބައެއް ސާމާނު ގެނެސްފި

އޭދަފުށީގެ މަގު ހެދުމަށް ބޭނުންވާ ބައެއް ސާމާނު މިއަދު މިރަށަށް ބޭލުމުގެ މަސައްކަތް ކުރަނީ-- އީޓީ ފޮޓޯ / ރާއިފް ޔޫސުފް
އޭދަފުށީގެ މަގު ހެދުމަށް ބޭނުންވާ ބައެއް ސާމާނު މިއަދު މިރަށަށް ބޭލުމުގެ މަސައްކަތް ކުރަނީ– އީޓީ ފޮޓޯ / ރާއިފް ޔޫސުފް

ބ. އޭދަފުށީ މަގު ހެދުމަށް ބޭނުންވާ ބައެއް ސާމާނު މިރަށަށް މިއަދު ގެނެސްފި އެވެ.

މިއަދު ހެނދުނު މިރަށް ގެނައި ތަކެތީގެ ތެރޭގައި ހިމެނީ މަސައްކަތުގައި ބޭނުންކުރާ މެޝިނަރީޒް އާއި މަސައްކަތް ފަށައިގަންނަން ބޭނުންވާ ބައެއް ސާމާނެ އެވެ.

ރަށު ކައުންސިލުގެ މެންބަރު މުހައްމަދު ރިޒާ ވިދާޅުވި ގޮތުގައި މަސައްކަތ ފެށުމަށް ބޭނުންވާ ބައެއް ސާމާނު މިއަދު މިރަށް ޖަމާކޮށްފައިވާ ކަމަށެވެ. އަދި އޭދަފުށީ މަގުތަކުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށްވެސް އޭނާ ވިދަޅުވި އެވެ.

އޭދަފުށީގެ 15 މަގެއްގައި ތާރު އެޅުމުގެ މަސައްކަތް ނިންމުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އާ މިދިޔަ އަހަރުގެ ޖޫންމަހު އެވެ.

އޭދަފުށީ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ނިންމަން އެއްބަސްވެފައި ވަނީ އަހަރެއްހާ ދުވަހުގެ ތެރޭގަ އެވެ. އަދި މަގުތަކުގައި ސްޕީޑް ބްރޭކަރު ހަރުކުރެވި، ފެން ހިންދުމުގެ ނިޒާމު ގާއިމުކޮށް ޓްރެފިކް ނިޝާންތައްވެސް ހަރުކުރަން ޖެހެ އެވެ.

ތާރު އަޅައިގެން އޭދަފުށީގައި ފުރަތަމަ ފިޔަވަހީގެ ދަށުން ހަދާ މަގުތަކުގެ ތެރޭގައި މެރިން ޑްރިވް ހިމެނޭ ގޮތަށް މިރަށުގެ ބޮޑުމަގާއި އެ މަގާ ގުޅޭގޮތަށް އޮންނަ ބައެއް ބޮޑެތި މަގުތަކާއި ސްކޫލް އަދި ހޮސްޕިޓަލް ހިމެނޭ ސަރަހައްދުގެ މަގުތައް ހިމެނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.