އޭދަފުށީ ލޯކަލް މާރުކޭޓް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން ބީލަމަށް ލައިފި

އަތޮޅު ކައުންސިލުން ލޯކަލް މާރުކޭޓް އަޅާ ސަރަހައްދުގެ ބިން ސާފުކޮށްފައި-- އީޓީ ފޮޓޯ / ރާއިފް ޔޫސުފް
އަތޮޅު ކައުންސިލުން ލޯކަލް މާރުކޭޓް އަޅާ ސަރަހައްދުގެ ބިން ސާފުކޮށްފައި– އީޓީ ފޮޓޯ / ރާއިފް ޔޫސުފް

އޭދަފުށީގައި އިމާރާތް ކުރަން ނިންމާފައިވާ ލޯކަލް މާރުކޭތް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން ބ. އަތޮޅު ކައުންސިލުން ބީލަމަށް ހުޅުވާލައިފި އެވެ.

އެ ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ކައުންސިލުން ދޭ ނާމޫނާ އާ އެއްގޮތަށް އަމިއްލަ ތަކެތީގައި އިމާރާތް ކޮށްދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު ކައުންސިލުން ވަނީ ހުޅުވާލައިފަ އެވެ. މިކަމާ ބެހޭ ގޮތުން ފެބްރުއަރީ 10 ވަނަ ދުވަހު ކައުންސިލް އިދާރާ އިން މައުލޫމާތު ފޯރުކޮށްދޭނެ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

ބ. އަތޮޅުގެ ރަށްރަށުން އެކި ބޭނުންތަކަށް އޭދަފުއްޓަށް އަންނަ ފަރާތްތަކަށް ޚާއްސަކޮށްގެން މި މާރުކޭޓް ހަދަނީ ރަށުގެއުތުރު ފަރާތު ދިގަލިގެއާ ދިމާ ބަނދަރު މައްޗަށްވާ ގޮތަށެވެ. އެ އިމާރާތް ހެދުމަށް އެ ސަރަހައްދުގެ ބިންވެސް މިހާރުވަނީ ސާފުކޮށްފަ އެވެ.

އަދި މި މާރުކޭޓުގެ ސަބަބުން ދަތުރުވެރިންނަށް އެމީހުން ހައްދާ ތަރުކާރީގެ ބާވަތްތަކާއި މޭވާގެ ބާވަތްތަކުގެ އިތުރުން މަހުގެ ބާވަތްތައް އަތޮޅުތެރެއަށް އެއްތަނަކުން ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށްވެސް އަތޮޅު ކައުންސލުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.