ބ.އޭދަފުށީގައި ހުރި ސަރުކާރު އޮފީސް އަދި ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން ތަހުޤީޤު ކުރުމުގެ ހުނަރުތައް ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފުލުހުން ފަށައިފި އެވެ.
ފުލުހުން ބުނިގޮތުގައި މި ޕްރޮގްރާމުގައި ފުލުހުންގެ އެކި ޑިޕާޓްމަންޓްތަކުގެ މަސައްކަތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުުގެ އިތުރުން ތަހުޤީޤު ކުރުމުގެ ހުނަރު ދަސްކޮށްދެވޭނެ އެވެ. މި ޕްރޮގްރާމުގައި މަޢުލޫމާތު ދެއްވަނީ ފުލުހުންގެ އެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރާ ތަޖުރިބާކާރު ފުލުހުންނެވެ.
މިދިޔަ ބުރާސްފަތި ދުވަހުފެށި މި ޕްރޮގްރާމް ނިމޭނީ އަންނަ ބުދަ ދުވަހު އެވެ.