ބ. އަތޮޅު ކަނިފުށީގައި ތަރައްގީކުރާ “ފިނޮޅު” ރިސޯޓްގެ ބީޗް ވިލާއެއްގައި އަލިފާން ރޯވެ، އަނދައިފި އެވެ.
ރޭ އިރާކޮޅު ހިނގި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އަލިފާން ރޯވިތާ ކުޑަ ވަގުތުކޮޅެއްތެރޭ އަލިފާން ގަނޑު ކޮންޓްރޯލްކޮށްފައިވާ ކަމަށާއި އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް ސާފެއް ނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
“ފިނޮޅު” ރިސޯޓަކީ މަޝްހޫރު ކޯސްޓްލައިން ކުންފުނިން ތަރައްގީކޮށް، މި އަހަހަރުގެ މެދުތެރޭގައި ހުޅުވަން ތައްޔާރުވަމުން އަންނަ ރިސޯޓެކެވެ. ފިނޮޅު ހިންގާ ކުންފުންޏަކީ މި އަތޮޅުގައި އޮންނަ އަމިއްލަފުށި ރިސޯޓް ވެސް ހިންގާ ކުންފުންޏެވެ. މި ދެ ރިސޯޓް ވެސް ތަރައްގީކުރުމުގެ މަސައްކަތްކުރީ މަޝްހޫރު ވިޔަފާރި ކުންފުނި ކޯސްޓްލައިން ހޮޓެލްސް އެންޑް ރިސޯޓްސް އިންނެވެ.