އޭދަފުށީ ކައުންސިލުގެ މެންބަރު ރިޒާ ސަސްޕެންޑް ކޮށްފި

އޭދަފުށީ ކައުންސިލު މެންބަރު މުހައްމަދު ރިޒާ. އޭނާ ތިން މަހަށް މިއަދުވަނީ ސަސްޕެންޑްކޮށްފައި
އޭދަފުށީ ކައުންސިލު މެންބަރު މުހައްމަދު ރިޒާ. އޭނާ ތިން މަހަށް މިއަދުވަނީ ސަސްޕެންޑްކޮށްފައި

ބ. އޭދަފުށީ ކައުންސިލްގެ މެންބަރު މުހައްމަދު ރިޒާ ސަސްޕެންޑް ކޮށްފި އެވެ.

ބ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު އާދިލް ވިދާޅުވި ގޮތުގައިި ރިޒާ ސަސްޕެންޑް ކުރީ އޭނާއާ ގުޅޭގޮތުން އެލްޖީއޭ އަށް ހުށަހެޅި ސްލޫކީ މައްސަލަ އާ ގުޅިގެން އެ މައްސަލަ ދިރާސާކޮށް ފިޔަވަޅެއް އެޅުމަށް އެ އޮތޯރިޓިން އަންގާފައިވާތީ އެ މައްސަލަ ބެލުމަށްފަހު އެވެ.

އެ މައްސަލައާ ގުޅިގެން މާދަމައިން ފެށިގެން މުސާރައާ އިނާޔަތްތައް ނުހިނގާ ގޮތަށް ރިޒާ ވަނީ ސަސްޕެންޑް ކޮށްފަ އެވެ.

ސުލޫކީ މައްސަލަ ބެލި އިރު ރިޒާ އާ ގުޅޭ ޖިނާއީ މައްސަލައެއްވެސް ފާހަގަވެފައިވާ ކަމަށާއި، އެހެންކަމުން އެ މައްސަލަ ފުލުހުންނަށް ހުށަހަޅަން ލައުންސިލުގެ މިއަދުގެ ބައްދަލުވުމުން ނިންމާފައިވާ ކަމަށްވެސް އާދިލް ވިދާޅުވި އެވެ.

އޭގެ އިތުރުން އޭދަފުށީ ކައުންސިލުން އާއްމު ރައްޔިތުންނަށް ތަފާތުކުރުން ގެންގުޅޭ މައްސަލަތައްވެސް އަތޮޅު ކައުންސިލުން އަވަސް މައްސަލަތަކެއްގެ ގޮތުގައި ބެލުމަށް ވަނީ ނިންމައިފަ އެވެ.

ރިޒާއާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ސްލޫކީ އަދި އޭނާ ކޮށްފައިވަނީ ކޮންކަހަލަ ޖިނާއީ ކުށެއްކަމެއް އަތޮޅު ކައުންސިލުން ނުބުނެ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. prince nava

    ti ninmi nimumakee varah rangalhu nimmumeh , eydhafusheege gina kanthatha nukurevifaivanee hama rizaa aa hedi , rahyithunnah olhuvaalaa adi hila jehumuge project gai ves rahyithunnah olhuvaalaifanee ves hama riza

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.