ވިޔަފާރިތަކަށް ކަމަދޫން ކުއްޔަށް ބިން ދޫކުރަނީ

ބ. ކަމަދޫ
ބ. ކަމަދޫ

ސިނާއީ މަސައްކްތަކަށާއި ވިޔަފާރިތަކަށް ބ. ކަމަދޫ ބިން ކުއްޔަށް ދޫކުރުމަށް އެރަށު ކައުންސިލުން އިއުލާންކޮށްފި އެވެ.

އެ ކައުންސިލްގެ އިދާރާ އިން ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ކަމަދޫގެ ތިން ސަރަހައްދަކުން 9 ބިމެއް ކުއްޔަށް ދޫކުރަން ނިންމާފައިވާ ކަމަށެވެ.

ކައުންސިލުން އިއުލާންކުރި 9 ބިމުގެ ތެރެއިން 7250 އަކަފޫޓްގެ ބިމެއް އެރަށުގެ ބަނދަރުގެ އިރުމަތީ ސަރަހައްދުން ތެޔޮ ވިއްކުމަށް ކުއްޔަށް ދޫކުރަނީ 25 އަހަރަށެވެ. އަދި ބަނދަރު ސަރަހައްދުން އާއްމު ވިޔަފާރި ކުރުމަށް 600 އަކަފޫޓްގެ ބިމަކާއި ސިނާއީ މަސައްކަތް ކުރުމަށް ބިން ދޫކޮށްފައިވާ ސަރަހައްދުން 1200 އަކަފޫޓްގެ 7 ބިމެއް 10 އަހަރު ދުވަހަށް ކުއްޔަށް ދޫކުރަންވަނީ އިއުލާން ކޮށްފަ އެވެ.

ކަމަދޫ ކައުންސިލުގެ ރައީސް އަލީ އިސްމާއިލް ވިދާޅުވީ ތެޔޮ ވިއްކުމަށް ދޫކުރާ ބިމަކީ ދިގު މުއްދަތަކަށް ދޫކުރާ ބިމަކަށްވާތީ އެ ބިން ދޫކުރާނީ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ތެޔޮވިއްކާ މަޝްހޫރު ކުންފުނިތަކުން އެ ކަމަދޫގައި ފުޅާ ދާއިރާއެއްގައި ތެޔޮ ވިއްކުމަށް ޝައުގުވެރިކަން ވަނީ ފާޅުކޮށްފަ އެވެ.

“ބައެއް ފަރާތްތަކުން މި ޕްރޮވިންސަށް ބޭނުވްވާ ވަރަށް ތެޔޮ ރައްކާ ކުރެވޭ ވަރުގެ އޮއިލް ސެންޓަރެއް ހެދުމަށް ޝައުގުވެރިވޭ”  

މި ބިންތަކުގެ ތެރެއިން ތެޔޮ ވިއްކުމަށް ކުއްޔަށް ދޫކުރާ ބިން ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ފެބްރުއަރީ 18 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. އަދި މިކަމާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ފެބްރުއަރީ 14 ވަނަ ދުވަހު ކައުންސިލް އިދާރާގައި ބައްދަލުވުމެއް ބާއްވާ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ. އަދި އަނެއް ބިންތައް ކުއްޔަށް ހިފަން ބޭނުންފާ ފަރާތްތަކަށް ފެބްރުއަރީ 16 ގެ ނިޔަލަށް ސިޓީ ހުށަހެޅުމުގެ ފުރުސަތު ހުޅުވަލާފައިވާއިރު، މައުލޫމާދި ދިނުމުގެ ބައްދަލުވުން ބާއްވަން ހަމަޖައްސާފައިވަނީ ފެބްރުއަރީ 11 ގަ އެވެ.

520 އަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮތްކަމުގައި ވިޔަސް ކަމަދޫގައި 800 އަށް ވުރެން ގިނަ މީހުން ދިރިއުޅެމުން ދެއެވެ. އަދި ކަމަދޫން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތް މިހާރު ކައުންސިލުންދަނީ ކުރަމުންނެވެ.

ކަމަދޫ ކައުންސިލަކީ ބ. އަތޮޅުގެ ރަށްތަކަށް ނަމޫނާ ކައުންސިލެއްކަމަށް އަތޮޅު ކައުންސިލްގެ ކެންދޫ ދާއިރާގެ މެންބަރު ހަސަން ސިރާޖު ވަނީ ވިދާޅުވެފައެވެ. ސިރާޖު މިހެން ވިދާޅުވީ 2015 ވަނަ އަހަރުގެ އެރަށު ރޫޓްސް ޕްރީސްކޫލްގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.