ކުނި ބުނިން މޫދު ތަގައްޔަރުވެ، ސްވިމިން ޕްރޮގްރާމު ކުރިއަށްގެންދަން ދަތިތަކެއް!

އޭދަފުށީ ކުނި ކޮށި ކައިރީ ބަހައްޓާފައި ހުރި ޑަސްބިންތަކުގައި ހުރި ކުނި ކޮތަޅުތައް މޫދަށް އުކަނީ-- އީޓީ ފޮޓޯ
އޭދަފުށީ ކުނި ކޮށި ކައިރީ ބަހައްޓާފައި ހުރި ޑަސްބިންތަކުގައި ހުރި ކުނި ކޮތަޅުތައް މޫދަށް އުކަނީ– އީޓީ ފޮޓޯ

އޭދަފުށީ ގޭ ބިސީ ތަކުގައި ބޭނުން ކުރާ ޑަސްބިން ކޮތަޅުތައް ކުނި ކޮށްޓާ ދިމާ މޫދަށް އަޅާތީ، ސްކޫލު ކުދިންނަށް ކުރިއަށްގެންދާ ފަތަން ދަސްކޮށިނުމުގެ ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ދަތި އުނދަގޫތަކެއް ކުރިމަތިވެއްޖެ އެވެ.

ސޮނެވާފުށީ ރިސޯޓާއި ބ. އަތޮޅު ތައުލީމީ މަރުކަޒު ގުޅިގެން ފަތަން ދަސްކޮށްދޭ ޕްރޮގްރާމު ކުރިއަށްގެންދާ ދެނުކު ފަރާތުގެ ދޯނި އެހެލާ ސަރަހައްދުގެ މޫދަށް ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅާއި، ނެޕީ އާއި ދަޅު އަދި ކުނިބުނި އެޅި މިހާރު ވަނީ ވަރަށް ބޮޑަށް ތަޣައްޔަރުވެފަ އެވެ. އޭގެ ސަބަބުން ވަނީ ސްވިމިން ޕްރޮގްރާމު ކުރިއަށްގެންދެވޭ ގޮތް ނުވެ، މިއަދުގެ ކްލާސްތައްވެސް ކެންސަލުކޮށްފަ އެވެ.

ދަރިވަރުންނަށް ފަތަން ދަސްކޮށްދޭން ގޮސްހުރި އިންސްޓްރަކްޓަރަކު ބުނީ ކުނި ގޮނޑާ ދިމާލުން މޫދަށް ޑަސްބިން ކޮތަޅުތައް އަޅަން ފެށި ފަހުން ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށާއި މޫދަށް އެޅޭ ކުނި، ހާއްސަކޮށް ކަރު ގޮހޮރާއި ނެޕީ ފަދަ ތަކެތީގެ ސަބަބުން އެ ސަރަހައްދަށް މޫދަށް އެރި އުޅުމަކީ މިހާރު ސިއްހީ ގޮތުން އެހާ ރައްކާތެރި ކަމެެއްވެސް ނޫން ކަމަށެވެ.

“މިތަން ނޫން ތަނެއް މި ޕްރޮގްރާމު ހިންގާކަށް މިރަށަކު ނެތް. އަޅުގަނޑުމެން މި ޕްރޮގްރާމު ކުރިއަށް ގެންދިއުމުގެ ކުރިން އެ ސަރަހައްދަށް ކުނި ނޭޅުމަށް އާއްމުންނަށް އަންގައި ދިނުމަށް ކައުންސިލުގައި އެދުނިން، މާ ބޮޑު ތަރުހީބެއް ނުލިބުނު. މުޅި އެ ސަރަހައްދު ސާފުކޮށް އެންމެފަހުން އެ ސަރަހައްދަށް ކުނިއެޅުން މަނާކޮށް ބޯޑުުތައްވެސް ޖެހީ އަޅުގަނޑުމެން އަމިއްލައަށް،”

އޭނާ ބުނި ގޮތުގައި ބޯޑު ތައް ބެހެއްޓިފަހުން އެ ސަރަހައްދަށް ކުނިއެޅުން ވަރަށް ބޮޑަށް ކޮންޓްރޯލު ކުރެވުނު ކަމަށާއި ނަމަވެސް މިދިޔަ ހަފްތާ ޑަސްބިން ކޮތަޅު އުކާލުމަށް ކައުންސިލުން ހެދި އާ ގަވައިދުގެ ފަހުން އަނެއްކާވެސް މުޅި ސަރަހައްދު ކުރިއަށްވުރެ ބޮޑަށް ތަޣައްޔަރުވެފައިވާ ކަމަށެވެ.

ކުނި ކޮށްޓާ ދިމާލުން މިއަދު ހަވީރު މޫދަށް ކުނި އަޅަނީ. ޕްލާސްޓިކް ޑަސްބިން ކޮތަޅު ތަކުގައި ދަޅާއި ނެޕީ ފަދަ ތަކެތި ގިނަ އަދަދަކަށް ހުރޭ
ކުނި ކޮށްޓާ ދިމާލުން މިއަދު ހަވީރު މޫދަށް ކުނި އަޅަނީ. ޕްލާސްޓިކް ޑަސްބިން ކޮތަޅު ތަކުގައި ދަޅާއި ނެޕީ ފަދަ ތަކެތި ގިނަ އަދަދަކަށް ހުރޭ

“ކުނި ބުނީގެ ސަބަން ސްވިމިން މިއަދު ކުރިއަށް ނުގެންދެވިގެން ކުނި ކޮށްޓަށް ގޮސް ބެލިއިރު އެ ދިމާއި މޫދަށް ޑަސްބިން ކޮތަޅުތައް ބޭރު ކުރަނީ، އެ ހުރިހާ ކުންޏެއް އައިސް ޖަމާ މިވަނީ ކުދިންތައް ފަތަން ދަސްކުރާ ސަރަހައްދަށް، ގޮނޑު ސާފުކުރަން ހުރި މީހާ ބުނީ ކައުންސިލުން އަންގައިގެންނޭ މި މޫދަށް ބޭރުކުރަނީ،

މި ކަމާގުޅިގެ ދަރިވަރުންގެ ބެލެނިވެރިންވެސް މިއަދު ވަރަށް ބޮޑަށް ރުޅިގަދަވެ ފައެވެ.

“މާދަމާ އަހަރެމެން ޑަސްބިން ކޮތަޅު އަޅަންދާނީ ކައުންސިލް އިދާރާއަށް، އެއްވެސް ވަރަކަށް ވިސްނާފައި ކަންތައްތައް ނިންމާ ކައުންސިލެން ނޫން މިރަށުގައި މިއޮތީ، މިއަދު އަނެއްކާ އަންގައިފި އެމީހަކު ހުރި ދިމާލަކުން އަތިރި މައްޗަށްގޮސް ޑަސްބިން ކޮތަޅު އެއްލާލަން،” އެ ތަނުގައި ހުރި ބެލެނިވެރިއަކު ރުޅިއައިސް ހުރެ ބުންޏެވެ.

ގޭ ބިސީ ތަކުގެ ޑަސްބިން ކޮތަޅު އުކާލުމަށް ރަށު ކައުންސިލުން ހެދި އާ ގަވާއިދުގެ ސަބަބުން ރައްޔިތުންވެސް ތިބީ ވަރަށް ބޮޑަށް ރުޅި ގަދަވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.