މާޅޮހުގައި ސިޓީ ހޮޓަލެއް އަޅަން ހުއްދަ ދީފި

ބ. މާޅޮަސް. ެރަށޫގައި ސިޓީ ހޮޓާ އަޅެމުގެ އެއްބަސްވުމުގަިއ މިއަދު ވަނީ ސޮއިކޮށްފައި-- ފޮޓޯ / މާޅޮސް ކައުންސިލް
ބ. މާޅޮަސް. ެރަށޫގައި ސިޓީ ހޮޓާ އަޅެމުގެ އެއްބަސްވުމުގަިއ މިއަދު ވަނީ ސޮއިކޮށްފައި– ފޮޓޯ / މާޅޮސް ކައުންސިލް

ބ. މާޅޮހުގައި ސިޓީ ހޮޓަލެއް ތަރައްގީކޮށް އެތަން ދިގު މުއްދަތަކަށް ކުއްޔަށް ދިނުމުގެ ހުއްދަ ސަރުކާރުން މިއަދު ދީފި އެވެ.

މި ހުއްދައާ އެކު އެ ރަށަށް ތަރައްގީގެ ގިނަ ފުރުސަތުތަކެއް ހުޅުވި ވަޒީފާގެ ގިނަ ފުރުސަތުތައްވެސް ހުޅުވިގެންދާނެ ކަމަށް ކައުންސިލުން ބުންޏެވެ.

ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެރަށުގައި ސިޓީ ހޮޓާ އެޅުމުގެ އެމްއޯޔޫގައި މިއަދު ވަނީ ސޮއިކޮށްފަ އެވެ. އެމްއޯޔޫގައި ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓަރުގެ ނައިބު ހުސެއިން ލިރާރު އާއި ކައުންސިލްގެ ރައީސް އަބްދުﷲ ޝުޖާއު އެވެ.

މާޅޮހުގައި ސިޓީ ހޮޓާ އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ
މާޅޮހުގައި ސިޓީ ހޮޓާ އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ

ޝުޖާއު ވިދާޅުވީ ސިޓީ ހޮޓާ އަޅަން ރަށުގެ އިރުމަތީ ސަރަހައްދުން އަތިރިމަތިން 53000އަކަފޫޓްގެ ބޮޑު ބިމެއް ހަމަޖައްސާފައިވާ ކަމަށެވެ. އެތަނުގައި ސިޓީ ހޮޓާ އަޅާނެ ބަޔަކު ހޯދަން ވަރަށް އަވަހަށް ބިޑަށް ހުޅުވާލާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

“ސިޓީ ހޮޓަލެއް އަޅަން ހުއްދަ ލިބުމަކީ މި ރަށަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް، ވަރަށް އަވަހަށް މި ޕްރޮޖެކްޓް ބިޑަށް ހުޅުވާލާން” .

ޝުޖާއު ވިދާޅުވި ގޮތުގައި ސިޓީ ހޮޓަލާއެކު އެ ރަށަށް ތަރައްގީގެ ގިނަ ފުރުސަތުތަކެއް ހުޅުވޭނެ އެވެ. އެގޮތުން އިގްތިސާދީ މަސައްކަތްތައް ފުޅާވެ، ގިނަ ވަޒީފާތަކެއް އެ ރަށަށް މަގުފަހިވާނެ ކަމަށް ވިދާޅުވި އެވެ.

“ސިޓީ ހޮޓާ ޕްރޮޖެކްޓާއެކު މި ރަށުން ގާތްގަނޑަކަށް 200 މީހުންނަށް ވަޒީފާގެ ފުރުސަތު ފަހިވާނެ ކަމަށް ބެލެވޭ،” އޭނާ ވިދާޅުވި އެވެ.

ދަރަވަންދޫ އެއާޕޯޓާ ކައިރީގައި އޮތް މާޅޮހުގައި އަމިއްލަ ފަރާތްތަކުން މިހާރުވެސް ކޮންމެވެސް ވަރަކަށް ގެސްޓްހައުސްގެ ވިޔަފާރި ކުރެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.