އަތޮޅު ހޮސްޕިޓަލުގެ މުވައްޒަފުންނަށް ކަސްޓަމާ ކެއާ ޕްރޮގްރާމެއް

އަތޮޅު ހޮސްޕިޓަލުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހިންގާ ކަސްޓަމާ ސާވިސް ޕްރޮގްރާމުގެ ތެރެއިން--
އަތޮޅު ހޮސްޕިޓަލުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހިންގާ ކަސްޓަމާ ސާވިސް ޕްރޮގްރާމުގެ ތެރެއިން–

ބ. އަތޮޅު ހޮސްޕިޓަލުގެ މުވައްޒަފުންނަށް ކަސްޓަމާ ސާވިސްގެ ހާއްސަ ތަމްރީން ޕްރޮގްރާމެއް ފަށައިފި އެވެ.

އަތޮޅު ހޮސްޕިޓަލުގެ 30 އަށް ވުރެ ގިނަ މުވައްޒަފުން ބައިވެރިވާ މި ޕްރޮގްރާމް ހިންގައިދެނީ ސެންޓަ ފޯ އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު ޓްރޭނިން ކޮންސަލްޓިންގެ ފަރާތުންނެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނީ މި ޕްރޮގްރާމަކީ ޚިދުމަތް ހޯދަން އަންނަ ކަސްޓަމަރުންނާާ މުއާމަލާތު ކުރުމަށް މުވައްޒަފުން އަހުލުވެރި ކުރުމަށް ފެށި ޓްރޭނިން ޕްރޮގްރާމެއް ކަމަށެވެ.

އިއްޔެ ފެށި މި ޓްރޭނިންގ ޕްރޮގްރާމްގައި އަށް ގަޑިއިރުގެ ޓްރޭނިންއެއް ކޮންމެ މުވައްޒަފަކަށްވެސް ދެވޭނެ ކަމަށް އަތޮޅު ހޮސްޕިޓަލުން ބުންޏެވެ.

މި ޕްރޮގްރާމް އިންތިޒާމްކުރީ ބ. އަތޮޅު ހޮސްޕިޓަލުންނެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. މަރީ

    އަސްލުވެސް… އެތަނުގައި އުޅޭބައެއްކުދިން ތިބެނީ އެމީހުންނަށް އެމީހުންފެނިފަ. ބައެއްފަހަރަށް މަސައްކަތުމީހާއަކީވެސް ނަރުހުންގެ ވަޒީފާގައި އުޅޭ މީހެއްގެގޮތުގައިގައިވެސް ދެއްކެންުއުޅޭ.
    ޚިދުމަތްހޯދަންއަންނަ މީހުންނާ ވާހަކަ ދައްކްަނީ ފޮނިކަމާއި ކިބުރުވެރިކަމާއެކު… ތިތާއުޅޭ ބޭރު ނަރުހުންވެސް މާރަނގަޅު.. ހިތް ހެޔޮކަމާއި އަޅާލުމަކީ ކޮންމެ އިންސާނަކުވެސް ބޭނުންވާނެކަމެއް.. އެހެންކަމުން އެހެންމީހުންގެ ތައުރީފާއި ރުހުންހޯދުމަސްޓަކައި ހިނިތުންވެލާ ހިތްހެޔޮކަމާއެކީ ވާހަކަދެއްނުން ކިހިނެތްވާނެތޯ؟

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.