ބ. އަތޮޅު ސްކޫލުތަކުގެ ވެރިންގެ ބައްދަލުވުމެއް ބާއްވައިފި

ބ. އަތޮޅު ސްކޫލުތަކުގެ ވެރިންނަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން
ބ. އަތޮޅު ސްކޫލުތަކުގެ ވެރިންނަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން

އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ކިޔަވައިދިނުމުގައި އިތުރަށް ސަމާލުކަން ދޭންވީ ކަންކަން ފާހަގަކުރުމަށްޓަކައި، ބ. އަތޮޅު ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް ބައްދަލުވުމެއް ފަށައިފި އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ފެބްރުއަރީ 5-6 އަށް ބޭއްވި މި ބައްދަލުވުމަކީ، އެޑިޔުކޭޝަން މިނިސްޓްރީން ބުނިގޮތުގައި 2017 ވަނަ އަހަރާއި ހަމައަށް ފަސް މާއްދާއިން ފާސްވާ ދަރިވަރުންގެ އަދަދު އިތުރު ކޮށް އަދި ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރެވިދާނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާ ކުރުމަށް ބާއްވާ ބައްދަލުވުން ތަކުގެ ތެރެއިން ބ. އަތޮޅު ސްކޫލުތަކުގެ ވެރިންނަށް ބޭއްވި މިފަދަ ދެވަނަ ބައްދަލުވުމެކެވެ. މީގެ ފުރަތަމަ ބައްދަލުވުން ބޭއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.

މި ބައްދަލުވުމުގައި ބ. އަތޮޅު ސްކޫލްތަކުގެ މިދިޔަ އަހަރުގެ އޯލެވެލް ނަތީޖާތަކާއި މެދު ވަނީ މަޝްވަރާކޮށް ހިޔާލު ބަދަލުކޮށްފަ އެވެ.

މި ބައްދަލުވުންތަކުގެ ކާމިޔާބީއަށް ބަލައި ރާއްޖޭގެ އިތުރު އަތޮޅުތަކުގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް މި ބައްދަލުވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަަމަށްވެސް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.