ކޮވިޑް-19 ފަންޑުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދަނީ، ސަމާލުވޭ!

ކޮވިޑް-19 އާ ގުޅިގެން ގެއްލުންވެފައިވާ މީހުންނަށް އެހީވާން، ހުޅުވާފައިވާ “ކޮވިޑް-19” ފަންޑުގެ ނަމުގައި އާއްމުންނަށް ގުޅައި  އޮޅުވާލައިގެން ފައިސާ ހޯދަމަށް އެކި ފަރާތްތަކުން މަސައްކަތް ކުރަމުންދާތީ އެކަމާ ސަމާލުވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަނެއްކާވެސް އިލްތިމާސްކޮށްފި އެވެ.

ބީއެމްއެލުން ބުނީ މިހާރު ރާއްޖޭގައި ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން، ހާލުގަ ޖެހިފައިވާ މީހުންނަށް އެހީވުމުގެ ނަމުގައި އެ ފަދަ އަމަ ލުތަކެއް ތަކުރާރުވަމުންދާ ކަމަށެވެ. ކަސްޓަމަރުން ހުރިހާ ވަގުތެއްގައި ވެސް މިފަދަ ކަންކަމުން ސަމާލުވުމަށް ބޭންކުން ވަނީ އެދިފަ އެވެ.

ބޭންކުން ހިންގާ އެއްވެސް ޕްރޮމޯޝަނެއްގައި ނުވަތަ ލަކީ ޑްރޯއެއްގައި ފޯނުން ގުޅައި އެކައުންޓަކަށް ފައިސާ ޖަމާކޮށްދިނުމަށް ނުވަތަ ކޭޝް ކާޑުގެ މުހިންމު މައުލޫމާތުތައް ދިނުމަށް ނޭދޭނެކަން ބޭންކުން އަންނަނީ ތަކުރާރުކޮށް ހަނދާންކޮށްދެމުންނެވެ.

އަދި މި ދުވަސްވަރަކީ ކުރިއަށް ވުރެ ބޮޑަށް އަތުގައި ހުރި ފައިސާ ކޮޅަށް ސަމާލުވާން ޖެހޭ ވަގުތެއް ކަމަށާ، މި ދުވަސްވަރު ކުރި އަށް ވުރެ ބޮޑަށް އެކަމަށް ސަމާލުކަން ދޭން ޖެހޭ ކަމަށްވެސް ބީއެމްއެލުން ބުންޏެވެ.

އޮޅުވާލައިގެން ފައިސާ ހޯދުމަށް މަސައްކަތް ކުރުމަކީ ވަރަށް ބޮޑަށް އާންމުވެފައިވާ މައްސަލައެކެވެ. އެގޮތުން، ނުދަންނަ ނަންބަރުތަކުން، ގުޅައި ކާޑުގެ މައުލޫމާތު ހޯދައިގެން ބައެއް މީސްމީހުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ފޭރިފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.