ދިރާގު އެޕަރެންޓިސްޝިޕް ނިންމި ފަރާތްތަކަށް ސެޓްފިކެޓް ދީފި

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމި ފަރާތްތަކަށް މާޗް 19، 2013 ގައި ސެޓްފިކެޓް ދިނުން --ފޮޓޯ /  ހަވީރު އޮންލައިން
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމި ފަރާތްތަކަށް މާޗް 19، 2013 ގައި ސެޓްފިކެޓް ދިނުން –ފޮޓޯ / ހަވީރު އޮންލައިން

ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދާ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ދީފި އެވެ.

ދިރާގުގެ ހެޑް އޮފީހުގައި އިއްޔެ ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވަނީ އެއް އަހަރާއި ދެ އަހަރަށް ބަހާލައިގެން ކުރިއަށް ގެންދާ އެ ޕްރޮގުރާމްގެ ތެރެއިން އެއް އަހަރު ދުވަހުގެ ޕްރޮގުރާމް ނިންމި 16 ކުދިންނަށާއި ދެ އަހަރު ޕްރޮގުރާމް ނިންމި ދެ ކުދިންގެ އިތުރުން މިދިޔަ އަހަރު އަލަށް އެ ޕްރޮގުރާމް ފެށި 15 ކުދިނަށް ސެޓްފިކެޓް ދީފައިވެ އެވެ. އެ ކުދިންނަށް އެ ސެޓްފިކެޓް ހަވާލުކޮށްދެއްވީ ދިރާގުގެ ޗީފް އެގްޒެކްޓިވް އިސްމާއީލް ރަޝީދު އާއި ދިރާގުގެ ޗެއާޕާސަން އާތިފް ޝަކޫރު އެވެ.

އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފުރިހަމަ ކުރި ކުދިންނަށް ސެޓްފިކެޓް ދިނުމަށް އެ ކުންފުނީގެ އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ ސީއީއޯ އިސްމާއީލް ރަޝީދު ވިދާޅުވީ އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ އެ ކުންފުނިން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާ އެއް ޕްރޮގްރާމް ކަމަށެވެ. އަދި މި ޕްރޮގްރާމް ފުރިހަމަކުރާ ކުދިންނަށް ވަޒީފާ ހޯދަން ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިސްމާއީލް ރަޝީދު ވިދާޅުވީ މި ޕްރޮގްރާމްގައި ބައިވެރިވެވެނީ ހަމައެކަނި މާލޭގައި ދިރިއުޅޭ ކުދިންނަށް ނޫން ކަމަށާއި، ރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ ކުދިންނަށް ވެސް މި ޕްރޮގްރާމުން ފުރުސަތު އެބައޮތް ކަމަށެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވެވެނީ އޭ ލެވަލް ނިންމާފައިވާ 18-25 އަހަރުގެ ޒުވާނުންނަށެވެ. އަދި މި ޕްރޮގްރާމުގައި ބައިވެރިވާ ކުދިންނަށް އެލަވަންސެއް ވެސް އެ ކުންފުނިން ހަމަޖައްސައިދެ އެވެ. އަދި މި ޕްރޮގްރާމް ދެ އަހަރާއި އެއް އަހަރުން ވެސް ނިންމެ އެވެ.

ދިރާގުން ބުނީ މި ޕްރޮގްރާމުގެ އާ ބެޗެއް މިއަހަރުގެ ޖުލައި މަހު ފަށަން ހަމަޖައްސާފައިވާ ކަމަށާއި މި ބެޗުގައި 15 ކުއްޖަކަށް ފުރުސަތު ދެވޭނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.