އޭދަފުށީ ޕޮލިހުގެ އިންވެސްޓިގޭޝަން އޮފިސަރުންނާ ޕީޖީ ބައްދަލުކުރައްވައިިފި

1b42ba71f749a9c39a475ce2ed72f17bb699866e78b2d6d9025361fd04022f3c

ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ އިންވެސްޓިގޭޝަން އޮފިސަރުންނާ ޕްރެސިކިއުޓާ ޖެނެރަލް އަލްއުސްތާޒާ އައިޝަތު ބިޝާމް ބައްދަލުކުރައްވައިފި އެވެ.

މިދިޔަ އާދީއްތަ ދުވަހު އޭދަފުށި ޕޮލިސް ސްޓޭޝަނުގައި އޮތް މި ބައްދަލުކުރެއްވުމުގައި ޕްރޮސެކިއުޓާ ޖެނެރަލް ވަނީ އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ ގާޒީންނާއެކު ބޭއްވި ބައްދަލުވުމުގައި ކޯޓުން ފުލުހުންނާ ގުޅޭގޮތުން ފާހަގަކޮށްފައިހުރި ކަންކަން ހިއްސާކޮށްފަިއވާ ކަމަށް ފުލުހުން ބުންޏެވެ.

އަދި ފުލުހުން ތަހުޤީޤުކޮށް ދަޢުވާކުރުމަށް ފޮނުވާ މައްސަލަތަކުގައި ފާހަގަކުރެވޭ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކޮށް ފުލުހުންގެ ފަރާތުން ޕީޖީ އޮފީހަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާކަން ފާހަގަކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި ބައްދަލުވުމުގައި ޕީޖީގެ އިތުރުން ނޯތު ޕޮލިސް ޑިވިޜަންގެ ކޮމާންޑަރު އިންސްޕެކްޓަރު އޮފް ޕޮލިސް ޢަބްދުﷲ ނަޞީރުގެ އާއި ބ. އަތޮޅު ކޮމާންޑަރާއި ބ. އޭދަފުށި ޕޮލިސް ސްޓޭޝަންގެ އިންޖާޗްއާއި އެސްޓޭޝަނުން އައިއޯއިން ބައިވެރިވި އެވެ.

މި ބައްދަލުވުމުގައި ނޯތު ޕޮލިސް ޑިވިޜަންގެ ކޮމާންޑަރު އިންސްޕެކްޓާ އޮފް ޕޮލިސް އަބްދުﷲ ނަޞީރު ވިދާޅުވީ ނޯތު ޕޮލިސް ޑިވިޜަންގައި ހިމެނޭ ހަތަރު އަތޮޅަށް ޕްރޮސެކިއުޓާ ޖެނެރަލް ވަޑައިގެން ފުލުހުންނާ ބައްދަލުކުރުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު ހިންހަމަ ޖެހުމެއްކަމަށެވެ. އަދި ފުލުހުންގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް އަވަހަށް މައްސަލަތައް ނިންމުމުގައި އަމަލު ކުރާނެ ގޮތްތައް އެނގިގެން ދިޔުމަކީ ފުލުހުންގެ މަސައްކަތްތަކަށް ލިބުނު ކުރިއެރުމެއްކަމަށް ވިދާޅުވެ ޕީޖީ އަށާއި ޕީޖީ އޮފީހުން ވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް އަބްދުﷲ ނަސީރުވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ގުޅުންހުރި ލިޔުންތައް

4 ކޮމެންޓް

  1. މޫސާފުޅު

    ޚަބަރު ލިޔުއްވާއިރު ތިމާއަށް މި ލިޔެވެނީ ކޮން އެއްޗެއްކަން ވިސްނުން ބުއްދިވެރި. ޣާޒީންނަކީ ކޮންބައެއް ކަމާއި، ޤާޟީންނަކީ ކޮން ބައެއްކަން އެނގިގެން ޚަބަރު ލިޔުއްވުން ރަނގަޅުވާނެކަމަށް ފެނޭ.

    ރައްދު
  2. ޢަބްދުﷲ

    އެއްވެސް ލަދުގަންނަންޖެހޭ ކަމެއްނޫން. ކޮންމެ ކަމަކަށް މިހާރު ބެލެނިވެރިން ފައިސާ ހޯދައިގެން ކުރުމުގެ އާދައެއް ސްކޫލްގައި މިހާރު ގެންގުޅެމުން ގެންދަނީ. ކޮންމެހެން ހުރިހާ ކަމަކަށް ބެލެނިވެރިން ނުޖެހޭނެ ފައިސާ ހޯދާކަށް. ސަރުކާރުން ކަންކަން ކުރުމަށް ސްކޫލްތަކަށްވެސް ފައިސާ ހުންނާނެދީފައި. އަދި ހަރަކާތްތައް ހިންގުމަށް ބެލެނިވެރިން މެދުވެރިކޮށްވެސް އަދި މެދުވެރިނުކޮށްވެސް ސްޕޮންސަރ ހޯދައިގެންވެސް ފައިސާވެސް އަދި ތަކެތިވެސް ހޯދޭނެ. މިކަން މިހާރު މާބޮޑަށް ވައިގައި ހިފައިގެން އުޅެނީ ސްކޫލްގެ ކަންކަމުގައި ބެލެނިވެރިންގެ ގޮތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ ރަށުން ބޭރުގެ ބެލެނިވެރިން ކަމަށްވާތީ.

    ރައްދު
  3. beleniverieh

    Midhiya honihiru dhuvahu mirashu skoolun masahkathu dhuvas faahaga kuri iru police station huri sarahahdhu dhimaavi group ethanah dhiumun bunee masahkatheh nethey..thedheh masahkatheh nethi dhaane ekamu ehee ehge gothun konmes varehge faisaage ehee eh vedheyshey bunumun emeehunah evaruves nukohlaala dhevunu….gaimu evaguthu dutyga thibi meehun konme meehaku anme 5RF dhin namaves keeh vaanee evaru bodu thanakun hus athaa beleniverinthah fonuvaalumakee kihaa ladhu kameh..

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.