ދިރާގުން 24 ގަޑިއިރުގެ ލައިވް ޗެޓްގެ ހިދުމަތް ތައާރަފްކޮށްފި

'ދިރާގު ލައިވްޗެޓް'ގެ ހިދުމަތް ތައާރަފް ކުރުމަށް މިއަދު އެ ކުންފުނީގެ ހެޑް އޮފީހުގައި ބޭއްވި ހަފްލާގެ ތެރެއިން -- ފޮޓޯ: ދިރާގު
‘ދިރާގު ލައިވްޗެޓް’ގެ ހިދުމަތް ތައާރަފް ކުރުމަށް މިއަދު އެ ކުންފުނީގެ ހެޑް އޮފީހުގައި ބޭއްވި ހަފްލާގެ ތެރެއިން — ފޮޓޯ: ދިރާގު

ދިރާގުގެ ކަސްޓަމަރުންނަށް ކަސްޓަމާ ސާވިސް އޭޖަންޓުންނާއި 24 ގަޑި އިރު ލައިވް ޗެޓް ކުރުމުގެ ހިދުމަތް ދިރާގުން ތައާރަފް ކޮށްފި އެވެ.

ދިރާގުން ބުނި ގޮތުގައި މި ހިދުމަތަކީ މިހާރު ދިރާގުން ދެމުންގެންދާ 123 ގެ ހިދުމަތް ޒަމާނީ ގޮތަކަށް، ބަދަލުކޮށް އޮންލައިންކޮށް ދިރާގުގެ މުވައްޒަފަކާ ‘ޗެޓް’ ކޮށްލައިގެން އެ ކަސްޓަމަރެއް ބޭނުންފުޅުވާ ހިދުމަތެއް ނުވަތަ އެނޫންވެސް ދިރާގާއި ގުޅުންހުރި މައުލޫމާތެއް ހޯދައި ދިމާވާ މައްސަލަތަކާއި ދަތިތައް މިހާރަށް ވުރެ ފަސޭހައިން ވީހާ ވެސް އަވަހަކަށް ހައްލު ކުރުމަށް ހުޅުވާލި ފުރުސަތެކެވެ.

ދިރާގުން މިއަދު ތައާރަފުކުރި މި ހިދުމަތާބެހޭ ގޮތުން އެކުންފުނީގެ ކޮންޓެކްޓް ސެންޓާ މެނޭޖަރު މުހައްމަދު އަޒްލީމް ވިދާޅުވީ ލައިވްޗެޓް ހިދުމަތް ދިނުމަށް ދިރާގުން މުވައްޒަފުން ތަމްރީން ކޮށްފައި ވާނެ ކަމަށާއި މީގެ ސަބަބުން ކަސްޓަމަ ސާވިސް އިތުރަށް ފުޅާވެ، އެބޭފުޅުން ބޭނުންވާ ކަންކަން ކުރުމަށް ފަސޭހަ ވެގެންދާނެ ކަމަށެވެ.

މި ހިދުމަތް ބޭނުންކުރެއްވުމަށް ދިރާގުގެ ވެބްސައިޓުގެ ހޯމްޕޭޖުގެ މަތީގައިވާ “ލައިވްޗެޓް” އަށް ފިތާލުމަށް ފަހު ނަމާއި އީމެއިލް އެޑްރެސް ޖެއްސެވުމުން، އެ ވަގުތު ޑިއުޓީގައި އިންނަ ކަސްޓަމަ ސާވިސް އެޖަންޓަކު ޖަވާބުދޭނެ އެވެ. އަދި އެ މުއައްޒަފަކާއި ދިވެހިބަހުން އަދި އިނގިރޭސިން ބަހުންވެސް މުއާމަލާތުކޮށްގެން އެ ކަސްޓަމަރަކު ބޭނުންވާ މައުލޫމާތެއް ލިބިގަނެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

މިއަދު ތާއާރަފްކުރި ޚިދުމަތުގެ އިތުރުން މިހާރުވެސް ދިރާގު ‘މައި އެކައުންޓު’ މެދިވެރިކޮށް ކަސްޓަމަރުންގެ ބިލުތަކަށް ބަންދު ދުވަސްތަކާއި އޮފީސް ބަންދުވަގުތުތަކުގައިވެސް ވަގުތުން ފައިސާދެއްކުމާއި، އެހެނިހެން ދިރާގުގެ ހިދުމަތްތައް އޮންލައިންކޮށް ހޯދުމުގެ ފުރުސަތުވަނީ ތައާރަފްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.