އެއްވެސް ދަތިކަމެއްނެތި އިންޑިޔާއިން ބޭސްފަރުވާ ކުރެވޭނެ ހިދުމަތް

india

އިންޑިއާ އަށް ބޭސް ފަރުވާއަށްދާ ދިވެހިންނަށް އެއްވެސް ދަތިކަމެއްނެތި ބޭސްފަރުވާ ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައިދީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ހިދުމަތް އޭދަފުށީ ސޯސަންގޭ އަބްދުލް ބާރީ މުހައްމަދު ފައްޓަވައިފި އެވެ.

އަބްދުލް ބާރީ މުހައްމަދު ވިދާޅުވީ މި ހިދުމަތް އިންޑިއާގެ އަށް ސަރަހައްދަކުން ލިބޭނެ ކަމަށާއި އޭގެ ތެރެއިން ޓްރިވެންޓަރަމުގައި އެއްވެސް އުޖޫރައެއްނެތި ހިލޭ ޑޮކްޓަރަށް ދެއްކޭނެ ކަމަށެވެ. އިންޑިޔާގެ ޑްރިވެންޑްރަމުގެ އިތުރުން މި ހިދުމަތް ފޯރުކޮށްދެނީ ތްރިނަލްވެލީ އާއި ބެންގަލޫރު އާއި ކޮޗިން އާއި ނާގަރްކޮއިލު އާއި މައިސޫރު އާއި މަދޫރާއީ އަދި މެޑްރާސް އިންނެވެ.

އަބްދުލްބާރީ މުހައްމަދު
އަބްދުލްބާރީ މުހައްމަދު

ބާރީ ވިދާޅުވި ގޮތުގައި މި ހިދުމަތް ދިވެހި ރައްޔިތުންނަށް އޭނާ ދޭން ބޭނުންވަނީ ފަހަކަށް އައިސް ރާއްޖޭގައި ވަރަށް ނުރައްކާތެރި ބޮޑެތި ބަލިތަކުގެ ސީރިއަސް ހާދިސާތައް އެއްދުވަހުން އަނެއް ދުވަަހަށް އިތުރުވަމުންދާތީ، އިންޑިއާއިން ފަރުވާ ހޯދަން ބޭނުންވާ މީހުންނަށް ވީހާވެސް ޙަރަދު ކުޑަކޮށް ލުއި ފަސޭހަ ގޮތަކަށް މި ހިދުމަތް ފޯރުކޮށްދިނުމުގެ މާތް މަގުސަދުގަ އެވެ.

“މި ޚިދުމަތަކީ އަޅުގަނޑު އިންސާނިއްޔަތަށްޓަކައި ކުރަމުންގެންދާ ޚިދުމަތެއް. މި ކަހަލަ ހިދުމަތެއް އަޅުގަނޑު މީގެ އަހަރުތަކެއް ކުރިންވެސް މެދު ކެނޑުމެއްނެތި  15 ވަރަކަށް އަހަރުވަންދެން އޭދަފުށީގެ ރައްޔިތުންނަށް ބޮޑު އީދު ޗުއްޓީގައި [ލޯންޗު ދަތުރުތަކެއް] އަޅުގަނޑު ކޮށްދިނިން. އެކަމު މިއީ މިހާރު މުޅިން އެހެން ދާއިރާއަކުން މުޅި ރާއްޖޭގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މާތް މަގުސަދުގައި ކުރަމުންދާ ކަމެއް،”

ޑޮކްޓަރަށް ދައްކާ ފަރާތްތަކަށް ފޯރުކޮށްދޭ ހިދުމަތް ތަކުގެ ތެރޭގައި؛

• ޑޮކްޓަރަށް ދައްކައިދިނުން
• އެދިލައްވާ ސަރަހައްދެއްގައި ކުރުމުގެ އިންތިޒާމުތައް ހަމަޖައްސައިދިނުން
• އޯޑަރު ދެއްވުމުން އިންޑިޔާއިން ބޭސް އަދި އެހެނިހެން ތަކެތި ފޮނުވައިދިނުން
• ޑޮކްޓަރަށް ދެއްކުމާއި އެކިއެކި ހިދުމަތްތައް ހިލޭ ފޯރުކޮށްދިނުން

ބާރީ ވިދާޅުވި ގޮތުގައި އިންޑިޔާގެ އެ ސަރަހައްދުތަކުން ބޭސްފަރުވާ ކުރުމުގެ އިންތިޒާމުތައް އޭނާއާ ގުޅުމުން (ފޯން 7942000) ހަމަޖައްސައިދެވޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.