ފެނަކަ އިން ހިންގާ ބ. ކަމަދޫ އިންޖީނުގޭގެ ވަށާފާރު ރޭނުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން މެކްސް ބިލްޑާސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.
ކަމަދޫގެ އިތުރުން މ. މުލަކު އަދި އެ އަތޮޅު މުލީ އިންޖީނު ގޭގެ ވަށާފާރު ރޭނުމުގެ މަސައްކަތްވެސް އިއްޔެ ވަނީ އިތުރު ދެ ކުންފުންޏަކާ ހަވާލުކޮށްފައެވެ.
ފެނަކަ ބިލްޑިންގ ގައި ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލު އެވެ. މަސައްކަތާ ހަވާލުވި ކުންފުނިތަކުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނިތަކުގެ އިސްވެރިންނެވެ.
މި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 47 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
Kamadhoo injeenuge kamadhoo ge reendhoo councilaa havaalu kurey