މާޅޮހު ފެން ޕްލާންޓް އަންނަމަހު ބޭނުންކުރަން ފަށަނީ

މާޅޮހު ފެން ޕްލާންޓް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަނީ. އަންނަމަހު އެރަށު ފެން ޕްލާންޓުން ފެން ދޫކުރަން ފަށާނެ—ފޮޓޯ / މާޅޮހު ކައުންސިލް
މާޅޮހު ފެން ޕްލާންޓް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަނީ. އަންނަމަހު އެރަށު ފެން ޕްލާންޓުން ފެން ދޫކުރަން ފަށާނެ—ފޮޓޯ / މާޅޮހު ކައުންސިލް

ބ. މާޅޮހުގައި އަލަށް ގާއިމްކުރާ ފެންޕްލާންޓް އަންނަމަހު ބޭނުންކުރަން ފެށޭވަރުވާނެކަމަށް މާޅޮހު ކައުންސިލުން ބުނެފި އެވެ.

މާޅޮހު ކައުންސިލްގެ ރައީސް އަބްދުﷲ ޝުޖާއު ވިދާޅުވީ ފެން ޕްލާންޓްގެ ހިދްމަތް ފެށުމުން ރަށުގެ ހަތަރު ސަރަހައްދަކުން އާންމު ރައްޔިތުންނަށް ޕްލާންޓްފެން އެއްވެސް އަގަކާނުލާ ލިބެންހުންނާނެ ކަމަށެވެ.

“ޔޫއެންޑީޕީގެ އެހީގައި، މާޅޮހު މާސް ޖަމްއިއްޔާއާއި، ކައުންސިލުން ގުޅިގެން ކުރިޔަށްގެންދެވޭ މިމަޝްރޫއުގެ ދަށުން މިހާރު ހިނގަމުންދަނީ ޕްލާންޓް އިންސްޓޯލްކޮށް ޓެސްޓަށް ފެން ދޫކުރަން ތައްޔާރުވުމުގެ މަސައްކަތް،”

ޝުޖާއު ވިދާޅުވި ގޮތުގައި ޔޫއެންޑީޕީގެ ތެއްތިރީސް ހާސް ޑޮލަރު އަދި މާޅޮހު މާސް ޖަމްއިއްޔާއާއި، ކައުންސިލްގެ އެހީއާއެކު މިޕްރޮޖެކްޓަށް ޖުމްލަ ހަތްލައްކަ ފަންސާސް ހާހަށްވުރެ ގިނަ ރުފިޔާ ހަރަދުވެފައިވެ އެވެ. މި ޕްރޮޖެކްޓްގެ ދަށުން ގާއިމްކުރެވޭ ސްޓޯރޭޖްގައި ސާޅީސް ދެ ޓަނުގެ ފެން ރައްކާކުރެވޭނެކަމަށްވެސް ޝުޖާއު ވިދާޅުވި އެވެ.

މާޅޮހު ފެން ޕްލާންޓް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަނީ. އަންނަމަހު އެރަށު ފެން ޕްލާންޓުން ފެން ދޫކުރަން ފަށާނެ—ފޮޓޯ / މާޅޮހު ކައުންސިލް
މާޅޮހު ފެން ޕްލާންޓް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަނީ. އަންނަމަހު އެރަށު ފެން ޕްލާންޓުން ފެން ދޫކުރަން ފަށާނެ—ފޮޓޯ / މާޅޮހު ކައުންސިލް

މާޅޮހު ކައުންސިލުން ބުނީ މިނިޒާމްގެ ސަބަބުން ކޮންމެ އަހަރަކު އިރުވައި މޫސުމުގައި އެރަށުގައި ދިމާވާ ފެނަށްޖެހުމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.

500 އަށްވުރެ ބޮޑުއާބާދީއެއް އޮތް މާޅޮހުގެ މީރު ފެން ފަށައިލައިގެ ފަސްދޮޅަސް ފަސެންޓް ލޮނުވެ ބޭނުން ވަނީ ބޭނުން ނުކުރެވޭ ވަރުވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.