ބ. މިލައިދޫގައި ހަދާ ރިސޯޓް ނޮވެމްބަރު މަހު ހުޅުވަނީ

island-map

ބ. މިލައިދޫގައި ޔުނިވާސަލް އިން ތަރައްގީކުރާ ރިސޯޓް އަންނަ ނޮވެމްބަރުމަހު ތެރޭގައި ހުޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.

ފަސް ތަރީގެ ފެންވަރަށް ތަރައްގީކުރާ މިލައިދޫ ރިސޯޓްގެ ވެބްސައިޓްގައި ބުނެފައި ވަނީ މޫދުގައި ހަދާފައިވާ ކޮޓަރިތައް ވަރަށް ހިތްގައިމުވާނެ ކަމަށެވެ.

ބ. މިލައިދޫ ރިސޯޓްގެ ބީޗް ޕޫލް ވިލާއެއް:
ބ. މިލައިދޫ ރިސޯޓްގެ ބީޗް ޕޫލް ވިލާއެއް:

އެގޮތުން އެ ރިސޯޓްގައި 219 އަކަމީޓަރުގެ 29 ވޯޓަޕޫލް ވިލާ ހުންނައިރު މިއިން ކޮންމެ ވިލާއެއްގައި ތާޒާ ފެނުގެ ޕޫލެއް އޮވެއެވެ. އަދި 382 އަކަމީޓަރުގެ ބީޗް ރެސިޑެންސްކިޔާ ދެވިލާއަކާއެކު 18 ބީޗްވިލާ ވެސް ހުންނައިރު ރިސޯޓްގެ ހުރިހާ ތަނެއްވެސް ފަރުމާކޮށްފައި ހުންނާނީ ދިވެހި ސަގާފަތް ދައްކުވައިދޭ ގޮތަށްކަމަށް އެ ރިސޯޓްގެ ވެބްސައިޓްގައި ބުނެފައިވެ އެވެ.

މިލައިދޫގައި ދުނިޔޭގެ ފެންވަރުގެ އެކި ރަހަތަކުގެ ކެއިން ބުއިމުގެ ހިދުމަތްދޭ ތިން ރެސްޓޯރަންޓް ވެސް ހިމެނެ އެވެ. އޭގެ އިތުރުން ސްޕާ އާއި ޔޯގާ އަދި ޖިމެއް ވެސް އެ ރަށުގައި ހުރެ އެވެ. އަދި ޑައިވް އާއި މެރިން ސްޕޯޓްސް ސެންޓަރެއް ވެސް ހުރެ އެވެ.

ބ. މިލައިދޫ ރިސޯޓްގެ ބީޗް ޕޫލް ވިލާއެއް: އެ ރިސޯޓް މި އަހަރުގެ ފަހުކޮޅު ހުޅުވާނެ.
ބ. މިލައިދޫ ރިސޯޓްގެ ބީޗް ޕޫލް ވިލާއެއް: އެ ރިސޯޓް މި އަހަރުގެ ފަހުކޮޅު ހުޅުވާނެ.

މިލައިދޫގައި ތަރައްގީކުރާ ރިސޯޓަކީ ކަމަދޫ ކައިރީގައި އޮންނަ 5.4 ހެކްޓަރުގެ ހިތްގައިމު ކުޑަ ރަށެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.