ހަވީރު އެވޯޑަށް ޝާފީ އަދި ހަމްޕު ނޮމިނޭޓް ވެއްޖެ

w ޝަފީ އާއި ހަމްޕު
wއެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ފަސް ކުޅުންތެރިންގެ ތެރޭގަިއ ހިމެނޭ ޝަފީ އާއި ހަމްޕު

ހަވީރުން ހޮވާ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަދި އެންމެ އުއްމީދީ ކުޅުންތެރިޔާގެ އެވޯޑަށް އޭދަފުއްޓަށް އުފަން ދެކުޅުންތެރިން ކަމަށްވާ ޝާފިއު އަޙްމަދު (ޝާފީ) އަދި ހަމްޒާ މުހައްމަދު (ހަމްޕު) ނޮމިނޭޓް ވެއްޖެއެވެ.

މި ނޮމިނޭޝަންސް އިޢުލާން ކުރީ ޓީވީއެމް ގައި ރޭ ބޭއްވި ހާއްސަ ޝޯވ އެއްގައެވެ. މިދިޔަ ސީޒަންގައި ނިއުގައި މޮޅު ކުޅުމެއް ދެއްކި ޝާފީ ނޮމިނޭޓް ވެފައިވަނީ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ލިސްޓަށެވެ. ނިއުގެ އިތުރުން ގައުމީ ޓީމުގައި މުހިއްމު ދައުރެއް އަދާކުރި ހަމްޕު ނޮމިނޭޓް ވީ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑަށެވެ.

ކްލަބް ވެލެންސިއާ އިން ފުރަތަމަ ޑިވިޝަނަށް ނުކުތުމަށް ފަހު، ވިކްޓަރީ އާއި މާޒިޔާއަށް އަދި ނިއުއަށް ވެސް ކުޅުނު ޝާފީ މިއަހަރު ފެންނާނީ ވެލެންސިޔާ އިންނެވެ. މީގެ ދެއަހަރު ކުރިން އެއްވަނަ ޑިވިޝަން ފުޓްބޯޅަ ކުޅެން ފެށި ހަމްޕު މިފަހަރުވެސް ފެންނާނީ ނިއުއިންނެވެ. މިދިޔަ ސީޒަންގައި ނިއުގައި ދެއްކި މޮޅު ކުޅުމާއެކު ހަމްޕު ވެގެން ގޮސްފައިވަނީ މިހާރު ގައުމީ ޓީމުންވެސް ގަވައިދުން ޖާގަ ހޯދަމުން އަންނަ ކުޅުންތެރިއަކަށެވެ.

ހަވީރު ސްޕޯޓްސް އެވޯޑުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަޤާމަށް އޭދަފުއްޓަށް ނިސްބަތްވާ ދެކުޅުންތެރިން މިދިޔަ އަހަރުވެސް ވަނީ ނޮމިނޭޓްވެފައެވެ. މިގޮތުން ޢަލީ ފާސިރު (ސެންޓޭ) އަށް ދެވަނަ ލިބުނު އިރު ޒުވާން ކުޅުންތެރިންގެ ބައިން ހަމްޕުއަށް ވެސް ލިބުނީ ދެވަނަ އެވެ.

އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ޝާފީގެ އިތުރުން ވާދަކުރަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އަސަދުﷲ އަބްދުﷲ އާއި އަހުމަދު ނާޝިދު (ނާއްޓޭ) އާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ އަސްހަދު އަލީ (އަޑުބަރޭ) އަދި މެލޭޝިއާގެ ޕީޑީއާރްއެމްގެ އަލީ އަޝްފާގް (ދަގަނޑޭ) އެވެ. މިދިޔަ އަހަރުގެ އެންމެ އުއްމީދީ ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑަށް ހަމްޕުއާއެކު ނޮމިނޭޓްވެފައިވަނީ ޓީސީ ސްޕޯޓްސްގެ ނާއިޒް ހަސަން (ދާދު) އަދި ކްލަބް އީގަލްސްގެ އިބްރާހިމް މުބީން (މުއްކި) އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.