ވޮކޭޝަނަލް ޓްރޭނިން ސެންޓަރެއް އަޅަން ކިހާދޫން ބޮޑު ބިމެއް ދީފި

ބ. ކިހާދޫ
ބ. ކިހާދޫ

މަސައްކަތްތެރިކަމުގެ ހުނަރު ދަސްކޮށްދިނުމަށްޓަކައި ވޮކޭޝަނަލް ޓްރޭނިން ސެންޓަރެއް އެޅުމަށް ބ. ކިހާދޫން ދެލައްކަ އަކަފޫޓަށްވުރެ ބޮޑު ބިމެއް އެޑިޔުކޭޝަން މިނިސްޓްރީއަށް ދޭގޮތަށް ހަމަޖައްސައިފި އެވެ.

ކިހާދޫ ކައުންސިލުގެ ރައީސް އަހްމަދު ރަޝީދު ވިދާޅުވީ އެރަށުގައި ގާއިމުކުރާ ވޮކޭޝަނަލް ސެންޓަރު އެޅުމަށް ރަށުގެ ދެކުނު ސަރަހައްދުން 223500 އަކަފޫޓްގެ ބޮޑު ބިމެއް އެޑިޔުކޭޝަން މިނިސްޓްރީއަށް ދޫކޮށްފައިވާ ކަމަށެވެ.

“މިހާރު ކުރިޔަށް ދަނީ ޓްރޭނިން ސެންޓަރު އަޅާ ސަރަހައްދުގައި ހުރި އާއްމުންގެ ރުއްގަހުގެ ބަދަލު ހަމަޖެއްސުމުގެ މަސައްކަތް، އަދި އެ ސަރަހައްދުގެ އިން ފާހަގަކުރުމަށް މަގުސާފުކުރުމުގެ މަސައްކަތް،”

އަހްމަދު ރަޝީދު ވިދާޅުވީ މި މަޝްރޫއު އަކީ އެޑިޔުކޭޝަން މިނިސްޓްރީ އާއި ކޯސްޓްލައިން ގުޅިގެން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއެއް ކަމަށެވެ. އަދި މިއީ ޓޫރިޒަމް ދާއިރާއަށް ހާއްސަކޮށްގެން މުޅިރާއްޖޭގެ ދަރިވަރުންނަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން އަޅާ ޓްރޭނިން ސެންޓަރެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ކިހާދޫ ކައުންސިލުން ބުނި ގޮތުގައި މި ސެންޓަރު ކިހާދޫގައި އެޅުމުގެ މަސައްކަތާއި އެތަން ހިންގުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ކޯސްޓަލައިނާ އެވެ. ކޯސްޓް ލައިނަކީ ދަރަވަންދޫގައި ޑޮމެސްޓިކް އެއާޕޯޓް ތަރައްގީކުރި ކުންފުންޏެވެ. އެ ކުންފުނިން އަންނަނީ މި އަތޮޅުގައި ރިސޯތްތައްވެސް ތަރައްގީކޮށް ހިންގަމުންނެވެ.

ސަރުކާރުގެ ތައުލީމުގެ ސިޔާސަތުގައި މަސައްކަތުގެ ތައުލީމާއި ހުނަރަށް ވަނީ ވަރަށް ބޮޑު އިސްކަމެއް ދެއްވާފަ އެވެ. އެގޮތުން މަސައްކަތްތެރިކަމާ މެދު ދަރިވަރުން ދެކޭގޮތް ބަދަލުކޮށް، މަސައްކަތްތެރިކަމުގެ އަޚުލާގު ހަރުލައްވައި، މަސައްކަތްތެރިކަމުގެ ދާއިރާއަށް އަހުލުވެރިކުރުވައި އަދި މަސައްކަތްތެރިކަމުގެ ހުނަރާއި މައުލޫމާތު ފޯރުކޮށްދިނުމުގެ މަގުސަދުގައި ރާއްޖޭގެ ސްކޫލްތަކުގެ ސާނަވީ މަރުހަލާގައި ޓެކްނިކަލް، ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިން ޕްރޮގްރާމްތައް މިހާރު ދަނީ ހިންގަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.