ސޮނެވާ އެފް އެންޑް ބީ ފުޓްސަލް މުބާރާތް މާދަމާރޭ ފަށަނީ

ސޮނެވާ އެފް އެންޑް ބީ ފުޓްސަލް މުބާރާތުގެ ގުރުނެގުމުގެ ރަސްމިއަޔާތު. މި މުބާރާތް މާދަމާރޭ އެ ރިސޯޓްގައި ފަށާނެ-- އީތީ ފޮޓޯ / ރާއިފް ޔޫސުފް
ސޮނެވާ އެފް އެންޑް ބީ ފުޓްސަލް މުބާރާތުގެ ގުރުނެގުމުގެ ރަސްމިއަޔާތު. މި މުބާރާތް މާދަމާރޭ އެ ރިސޯޓްގައި ފަށާނެ– އީޓީ ފޮޓޯ / ރާއިފް ޔޫސުފް

ސޮނެވާފުށީ ރިސޯޓްގެ އެފް އެންޑް ބީ ގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި ކޮންމެ އަހަރު ބާއްވާ “ސޮނެވާ އެފް އެންޑް ބީ ފުޓްސަލް ޓޯނަމެންޓް” މާދަމާ ރޭ ފަށާނެ ކަމަށް އެ ރިސޯޓުން ބުނެފި އެވެ.

 

ކުރީ އަހަރުތަކެކޭ އެއްގޮތަށް މިއަހަރު މި މުބާރާތުގައި އެފް އެންޑް ބީ ޑިޕާޓްމަންޓުގެ އެކި ދާއިރާތަކުން 4 ޓީމު ވާދަކުރެ އެވެ. އެއީ އެފްސީ ފްލޯޓިން އާއި އެފްސީ ޗާންދަލިއާ އާއި އެފްސީ ޕިރަމިޑް އަދި އެފްސީ ޗަނބޭލި އެވެ.

 

ސޮނެވާ އެފް އެންޑް ބީ ފުޓްސަލް މުބާރާތުގެ ގުރުނެގުމުގެ ރަސްމިއަޔާތު. މި މުބާރާތް މާދަމާރޭ އެ ރިސޯޓްގައި ފަށާނެ-- އީތީ ފޮޓޯ / ރާއިފް ޔޫސުފް
ސޮނެވާ އެފް އެންޑް ބީ ފުޓްސަލް މުބާރާތުގެ ގުރުނެގުމުގެ ރަސްމިއަޔާތު. މި މުބާރާތް މާދަމާރޭ އެ ރިސޯޓްގައި ފަށާނެ– އީޓީ ފޮޓޯ / ރާއިފް ޔޫސުފް

 

މި މުބާރާތަކީ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި ކުޅިވަރުގެ ރޫހު އާލާ ކުރުމުގެ ގޮތުން ސޮނެވާފުށީ ރިސޯޓުގެ އެފް އެންޑް ބީ ޑިޕާޓްމަންޓުން ރާވާ އިންތިޒާމުކޮށްގެން ބާއްވާ މުބާރާތެކެވެ. އަދި ސްޓާފުންގެ ފިޓްނަސް ލެވެލް ރަނގަޅުކޮށް ބެހެއްޓުމަށާއި ޓީމު ވޯކެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ރޫހު އާލާކުރުމަކީވެސް މި މުބާރާތުގެ މަގުސަދެކެވެ.

 

ކޮންމެ އަހަރަކުވެސް ވަރަށް ފޯރިއާއި ވާދަވެރިކަމާއެކު ކުރިއަށްދާ މި މުބާރާތަށް އެ ރިސޯޓުްގެ ހުރިހާ މުވައްޒަފުންގެ ފަރާތުންވެސް ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ ކަމަށް ސޮނެވާފުށީ ރިސޯޓުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.