ބ. އޭދަފުށި ކުނިގޮނޑު ސާފުކުރުމުގެ މަސައްކަތް ފުލުހުން ކޮށްފި އެވެ.
އޭދަފުށި ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން އޭދަފުށި ކައުންސިލް އިދާރާ އާއި ގުޅިގެން އިއްޔެ ހަވީރު އޭދަފުށި ކުނިގޮނޑު ސާފު ކުރުމަށް ކުރިއަށް ގެންދިޔަ މަސައްކަތަކީ އޭދަފުށީ ކުނިގޮނޑުގެ ސަބަބުންނާއި ކުނިގޮނޑުން އަރާ ދުމުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑެތި އުދަގޫތަކާއި ކުރިމަތިލާން ޖެހުމުގެ ސަބަބުން ކުރިއަށް ގެންދިޔަ މަސައްކަތެއްކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މަސައްކަތުން ކުނިގޮނޑުގެ ބޮޑުބައެއް މިހާރު ސާފުކުރެވިފައިވާ ކަމަށެވެ. އަދި މި މަސައްކަތް ފުލުހުން ކުރިއަށް ގެންދިޔައިރު އޭދަފުށީ ކައުންސިލް އިދާރާއިން ފުލުހުންނަށް ވަރަށް ބޮޑު އެހީތެރިކަމާއި އެއްބާރުލުމެއް ދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ބަލަ ކުނި ކޮށި ސާފުކުރުމަށް ބޮޑު ބަޖެޓެއް ހަމަޖައްސާފައޮވޭ އިނގޭ … ދެން ފުލުހުންނަކ ކަމެއް ނުކޮއް ތިބޭ ބައެކޭ ތިބުނަނީ ފުލުހުންގެ މަސައްކަތް ތަޖުރިބާ ކޮއްލާނެ ފުރުސަތެއް ލިބިފައި ނެތިމާ… ފާތުމައަށްވެސް އަދި ހިތާދުއަށްވެސް ތިޔަ ކޮމެންޓް ކޮއްލާނެ ފުރުސަތު ތިލިބުނީ ފުލުހުން ތިބޭފުޅުންގެ ހިމާޔަތުގައި ތިބީމަ އިނގޭތޯ… މާދަމާ ކަންނޭގެ ފުލުހުންނަށް ގޮވާލާނީ ….. އެހެން ވީމަ ފުލުހުން ކުރާ މަސައްކަތްތާއި ނުބެހި ތިބުން ބުއްދިވެރީ….. ދެން ލަލަލާލާލާ
ފާތުމަތު ތިބުނީ ހަމަ ހެޔޮކޮށް. އެމީހުން ލައްވާ ގޭގެވެސް ސާފުކުރުވަންވީ
ތިޔައީ ގޮނޑު ސާފުކުރަން މިހާރު އެންމެ ރަގަޅު މީހުން . ސާބަހޭ ދިވެހި ފުލުހުންނަށް . މާލޭގެ ގޮނޑުވެސް ސާފުކުރީ ސިފައިން ވިއްޔާ . ބޮޑަށްރަނގަޅީ މަހަކު 1 ފަހަރުކަހަލަ ގޮތަކަށް ފުލުހުންލައްވައި ތިކަން ކުރަން . ކައިގެން ބަނޑުދަމަން ތިބޭ ބައެއްވިއްޔާ ! މީ އަޅެފަހެ ދޮގެއްތަ !