ދަރަވަންދޫގައި ފެރީ ޓާމިނަލެއް ހުޅުވައިފި

ދަރަވަންދޫ ގައި ހުޅުވި ފެރީ ޓާމިނަލް. – ފޮޓޯ / ދަރަވަންދޫ ކައުންސިލް
ދަރަވަންދޫ ގައި ހުޅުވި ފެރީ ޓާމިނަލް. – ފޮޓޯ / ދަރަވަންދޫ ކައުންސިލް

ދަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ބ. ދަރަވަންދޫގައި ފެރީ ޓާމިނަލެއް ހުޅުވައިފި އެވެ.

“މެހްމާނީ ހިޔާ” ގެ ނަމުގައި ހަދާފައިވާ އެ ޓާމިނަލު ރޭ ހުޅުވައިދެއްވީ ބ. އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު އާދިލެވެ. މިރަސްމިއްޔާތުގައި ދަރަވަންދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި އެވެ.

 

ދަރަވަންދޫ ކައުންސިލުގެ ބަޖެޓުން ހަތަރު ލައްކައެއްހާ ރުފިޔާ ޚަރަދުކޮށްގެން އިމާރާތް ކުރި މި ޓާމިނަލްގައި ކެފޭއަކާޢި ދެ ޖިންސްގެ މީހުން ވަކިން ފާޚާނާ ކުރެވޭނެ އިންތިޒާމުގެ އިތުރުން މަޑުކޮށްލައިގެން ދަތުރުވެރިންނަށް ތިބެވޭނެ އިންތިޒާމުތައްވެސް ހަމަޖެހިފައިވެ އެވެ.

 

ދަރަވަންދޫ ގައި ހުޅުވި ފެރީ ޓާމިނަލް. – ފޮޓޯ / ދަރަވަންދޫ ކައުންސިލް
ދަރަވަންދޫ ގައި ހުޅުވި ފެރީ ޓާމިނަލް. – ފޮޓޯ / ދަރަވަންދޫ ކައުންސިލް

 

ދަރަވަންދޫ ކައުންސިލުން ބުނީ ބ. ދަރަވަންދޫ އަކީ ޒަމާނުއްސުވެސް ރަށަށް އަރާ މަހުމާނުންނަށް މެހުމާންދާރީ އަދާ ކުރާ ރައްޔިތެއް ދިރިއުޅޭ ރަށެއް ކަމަށާއި އެގޮތުން މި ތާމިނަލަކީ ޒަމާނީ ފެންވަރަށް މެހުމާންދާރީ އަދާކުރުމުގެ ގޮތުން އެޅި ފެރީ ތާމިނަލެއް ކަމަށެވެ. މިއީ ބ. އަތޮޅުގައި ހުޅުވި ފުރަތަމަ ފެރީ ޓާމިނަލެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.