މޫނު ނިވާކޮށްގެން ތިބި ބަޔަކު ރޭ ދަންވަރު ބ. ހިތާދޫ ކައުންސިލު އިދާރާ ފަޅާލައި އެތަނުގެ ތިޖޫރީ ހުރި ފައިސާތައް ފޭރިގެންފި އެވެ.
ފުލުހުން ބުނީ، ރޭ ދަންވަރު 3:15 ހާއިރު، ތިޖޫރީ ފަޅާލީ، ކައުންސިލު އިދާރާގެ ސެކިއުރިޓީ ބަލަހައްޓަން އިން މީހާ ބަނދެފައި ބެހެއްޓުމަށް ފަހު ކަމަށް ވެ އެވެ.
އެ ތިޖޫރީގައި ހުރީ ކިހާ އަދަދެއްގެ ފައިސާއެއް ކަން އަދި ސާފެއް ނުވެ އެވެ.
މި ހާދިސާ ފުލުހުން ތަހްޤީޤް ކުރަމުން އަންނައިރު ހިތާދޫ ކައުންސިލްގައި ވެސް ފުލުހުން އަންނަނީ ހަރަކާތްތެރި ވަމުންނެވެ.
މި މައްސަލަ މިހާރު ދަނީ ބ. އޭދަފުށީ ޕޮލިސްޓޭޝަނުން ތަޙްގީގު ކުރަމުންނެވެ.