ފުލުހުން ތުޅާދޫގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ބާއްވައިފި

ތުޅާދޫގައި ކުރިއަށްގެންދިޔަ ހޭލުންތެރިކުރުމުގެ ޕްރޮގްރާމުގެ ތެރެއިން -- ފޮޓޯ / ޕޮލިސް
ތުޅާދޫގައި ކުރިއަށްގެންދިޔަ ހޭލުންތެރިކުރުމުގެ ޕްރޮގްރާމުގެ ތެރެއިން — ފޮޓޯ / ޕޮލިސް

 

ބ. ތުޅާދޫ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން ތުޅާދޫގެ ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ގޭގެއަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި އެވެ.

ފުލުހުން ބުނީ މިދިޔަ އާދީއްތަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ވައްކަމާއި ފޭރުމުގެ މައްސަލަތަކާއި ވައްކަން ކުރާ ފަރާތްތަަކަށާއި ފޭރެން މަސައްކަތްކުރާ ފަރާތްތަކަށް އެ ފުރުސަތު ނުދިނުމަށް ކުރެވިދާނެ ކަންކަމާއި އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން މައުލުމާތުދީފައިވާ ކަމަށެވެ.

“އަދި އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދަން ގުޅާ ފަރާތްތަކާއި މިހާރަށްވުރެ ބޮޑަށް ސަމާލުވުމާއި ބޭންކް ކާޑުގެ މަޢުލޫމާތު ސިއްރުކުރުމަށާއި ކާޑުގެ މަޢުލޫމާތު އެއްވެސް ފަރާތަކާއި ހިއްސާ ނުކުރުމަށް އިރުޝާދުދީފައިވާނެ،” ފުލުހުން ބުންޏެވެ.

މީގެއިތުރުން އޮޅުވާލައިގެން މަކަރާއި ހީލަތުން ރީލޯޑް އަދި ރާސްޓަސް އެކިއެކި ފަރާތްތަކުން ހޯދަމުންދާތީ އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމާއި އެބާވަތު ކޯލްތައް ދެނެގަންނާނެ ގޮތްތަކާ ބެހޭގޮތުންވެސް މަޢުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ޕްރޮގުރާމް ކުރިއަށް ގެންދިޔުމުގައި ތުޅާދޫ ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ވަރަށް ބޮޑު އެއްބާރުލުން ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. އަޙްމަދު ރަޝީދު (ސީޓް)

    ރައްޔިތުން ތިބީ ފިސާރި ހޭލުންތެރި ވެގެން. ހޭލުންތެރި ކުރުވަންވީ ފުލުހުންނާ ސިފައިން. މުޅި ޤައުމު ހަލާކުގެ ތެރެއަށް ދާއިރުވެސް، ތިބީ “ކަނުބަނދެވިފަ”…….. ލަދު….

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.