ދިރާގުން “ކުލުނު ހިޔާ” އަށް އެއްލައްކަ ރުފިޔާގެ ތަކެތި ހަދިޔާ ކޮށްފި

ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ހުންނަ ސްޕެޝަލް ނީޑްސް ކުދިން ގެ ހާއްސަ ޔުނިޓަށް ބޭނުންވާ ބައެއް ތަކެތި ދިރާގުން ހަދިޔާކުރުމަށް އޭދަފުށީގައި ބޭއްވި ރަސްމިއްޔާތު—
ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ހުންނަ ސްޕެޝަލް ނީޑްސް ކުދިން ގެ ހާއްސަ ޔުނިޓަށް ބޭނުންވާ ބައެއް ތަކެތި ދިރާގުން ހަދިޔާކުރުމަށް އޭދަފުށީގައި ބޭއްވި ރަސްމިއްޔާތު—

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަކޮށްގެން ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ހިންގާ “ކުލުނު ހިޔާ” (ސެން ކްލާސް) ގެ ދަރިވަރުންނަށް ކިޔަވައިދިނުމަށް ބޭނުންވާ 100،000ރ. ގެ ތަކެތި ދިރާގުން ހަދިޔާކޮށްފި އެވެ.

މީގެ ކުޑަ އިރުކޮޅެއް ކުރިން ބ. އަތޮޅު ތައުލީމީ މަރުކޒުގައި ބޭއްވި ރަސްމިއްޔާތުގައި ދިރާގުގެ ފަރާތުން މި ތަކެތި ބ. އަތޮޅު ތައުލީމީ މަރުކަޒަށާ ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ސޭލްސް އެންޑް މާކެޓިން ޑިރެކްޓަރު އަލީ ރިޔާޒު އެވެ. ބ. އަތޮޅު ތައުލީމި މަރުކަޒުން މި ތަކެއްޗާ ހަވާލުވެ ވަޑައިގަތީ އެ ސްކޫލުގެ ޕްރިންސިޕަލް އަހްމަދު ރަފީއު އެވެ.

އެ ސެންޓަރާ ހަވާލުކުރި ތަކެތީގެ ތެރޭގައި ކޮމްޕިއުޓާ ސިސްޓަމް އާއި ޓެބްލެޓްސް އަދި ތެރަޕީ ބޯލްސް ފަދަ ތަކެތި ހިމެނެ އެވެ. އަދި ބައިސްކަލާއި، ވޯޓަ ޕޫލާއި ބީން ބޭގް އަދި ވާހަކަ ފޮތް ފަދަ ތަކެތި ހިމެނޭ އެވެ.

ދިރާގުން ބުނި ގޮތުގައި މި އެހީތެރިކަމަކީ އެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު ކަމެކެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ހުންނަ ސްޕެޝަލް ނީޑްސް ކުދިން ގެ ހާއްސަ ޔުނިޓަށް ބޭނުންވާ ބައެއް ތަކެތި ދިރާގުން ހަދިޔާކުރުމަށް އޭދަފުށީގައި ބޭއްވި ރަސްމިއްޔާތު—
ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ހުންނަ ސްޕެޝަލް ނީޑްސް ކުދިން ގެ ހާއްސަ ޔުނިޓަށް ބޭނުންވާ ބައެއް ތަކެތި ދިރާގުން ހަދިޔާކުރުމަށް އޭދަފުށީގައި ބޭއްވި ރަސްމިއްޔާތު—

ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނި ގޮތުގައި ދިރާގުން ހަދިޔާކުރި ވަސީލަތްތަކަކީ ކުލުނު ހިޔާއަށް މިވަގުތު ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ ތަކެއްޗެވެ. އަދި މި ތަކެތީގެ ސަބަބުން ކިޔަވައިދި ދިނުމަށް ޓީޗަރުންނަށް ވަރަށްބޮޑު ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވެސް އެ މަރުކަޒުން ބުނެ އެވެ.

ދިރާގުން ވަނީ މިދިޔަ އަހަރު ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން ސ. ހިތަދޫ ޝަރަފުއްދީން ސްކޫލްގައި ހިންގާ “ނޫރު” ސެންޓަރަށްވެސް އެއްލައްކަ ރުފިޔާގެ ތަކެތި ހަދިޔާކޮށްފަ އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ހުންނަ ސްޕެޝަލް ނީޑްސް ކުދިން ގެ ހާއްސަ ޔުނިޓަށް ބޭނުންވާ ބައެއް ތަކެތި ދިރާގުން ހަދިޔާކުރުމަށް އޭދަފުށީގައި ބޭއްވި ރަސްމިއްޔާތު—
ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ހުންނަ ސްޕެޝަލް ނީޑްސް ކުދިން ގެ ހާއްސަ ޔުނިޓަށް ބޭނުންވާ ބައެއް ތަކެތި ދިރާގުން ހަދިޔާކުރުމަށް އޭދަފުށީގައި ބޭއްވި ރަސްމިއްޔާތު—

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ކިޔަވައިދޭން ފެށީ 2014 ވަނަ އަހަރު އެވެ. އެ ކްލާހުގައި ހާއްސަ އެހީއަށް ބޭނުންވާ 12 ދަރިވަރުން މިހާރު އަންނަނީ ތައުލީމު ހާސިލްކުރަމުންނެވެ. މި ކުދިންނަށް ކިޔަވައިދިނުމަށް ހާއްސަ ތަމްރީން ލިބިގެންތިބި ދާއިމީ ދެ ޓީޗަރުން ހަރަކާތްތެރިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.