ހަމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު ފާތުމަތު މައުސޫމާ އަންނަ ހޮނިހިރު ދުވަހު އޭދަފުށީ މެޑިކަލް ސެންޓަރުގައި ބަލިމީހުން ބަލަން ހަމަޖެހިފައިވާ ކަމަށް އެ ކްލިނިކުން ބުނެފި އެވެ
އޭދަފުށީ މެޑީކަލް ސެންޓަރުގެ ހެޑް މުހައްމަދު ރަޝީދު ވިދާޅުވީ މާލޭ މެޑިކަލް ހޮސްޕިޓަލުގެ ހަމުގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރު ފާތުމަތު މައުސޫމާއަށް ދެއްކުމަށް އެޕޮއިންޓްމެންޓަ ހެދުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ އެޕޮއިންޓަމެންޓް ހެދުމަށް ގުޅާނީ 7523242، 963111 ނަންބަރު ފޯނާ އެވެ.
މުހައްމަދު ރަޝީދު ވިދާޅުވީ އަތޮޅުގެ ރައްޔިތުން ވީހާވެސް ކުޑަ ހަރަދަކުން ސްޕެސަލިސްޓް ޑޮކްޓަރުންނަށް ދެއްކޭނެ ހިދުމަތް ފެށުމުގެ ގޮތުން ހުޅުވި އެ ކުލިނިކަށް އާއްމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ. އަދި އެ ކުލިނިކުން އާސަންދައިގެ ހިދުމަތް ފޯރުކޮށްދެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.