“ފިނޮޅު” ރިސޯޓަށް މުވައްޒަފުން ހޯދުމަށް ބ. އަތޮޅުގައި ޖޮބް ފެއާއެއް ބާއްވަނީ

ކޯސްޓަލައިނުން ބ. އަތޮޅުގައި ތަރައްގީކުރާ "ފިނޮޅު" ރިސޯޓްގެ މަތިން ނަގާފައިވާ ފޮޓޯއެއް.
ކޯސްޓަލައިނުން ބ. އަތޮޅުގައި ތަރައްގީކުރާ “ފިނޮޅު” ރިސޯޓްގެ މަތިން ނަގާފައިވާ ފޮޓޯއެއް.

އަންނަ ޖޫންމަހުގެ ތެރޭގައި ހުޅުވަން އަމާޒުކޮށްފައިވާ ފިނޮޅު ރިސޯޓަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް ބ. އަތޮޅުގައި “ޖޮބް ފެއާ” ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

ފިނޮޅު ހިންގާ ކުންފުންޏަކީ މި އަތޮޅުގައި މިދިޔަ އަހަރު ހުޅުވި އަމިއްލަފުށި ރިސޯޓް ވެސް ހިންގާ ކުންފުންޏެވެ. މި ދެ ރިސޯޓް ވެސް ތަރައްގީކުރުމުގެ މަސައްކަތްކުރީ މަޝްހޫރު ވިޔަފާރި ކުންފުނި ކޯސްޓްލައިން ހޮޓެލްސް އެންޑް ރިސޯޓްސް އިންނެވެ.

އެ ރިސޯޓް ހިންގަން ހަވާލުވެފައިވާ ސްމޯލް މޯލްޑިވްސް އައިލެންޑް ކޮމްޕެނީން ބުނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް މިއަތޮޅުގެ ތިން ރަށެއްގައި ބާއްވާ ޖޮބް ފެއާގައި އެ ރިސޯޓަށް ބޭނުންވާ 11 ދާއިރާއަކަށް މުވައްޒަފުން ނެގުމަށް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން ގިނަ އަދަދަކަށް މުވައްޒަފުން ރިސޯޓަށް ބޭނުންވާ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް މިއަތޮޅުގެ ތިން ރަށެއްގައި ބާއްވާ ޖޮބް ފެއާ ގައި އެ ރިސޯޓަށް ބޭނުންވާ ތަފާތު އެކި ދާއިރާތަކުން މުވައްޒަފުން ނެގުމަށް ވަނީ ހަމަޖައްސައިފައެވެ.

ޖޮބް ފެއާ ބާއްވާ ރަށްތަކާއި ގަޑިތައް

    • ތުޅާދޫ – މާޗު 17، 2016 (ބުރާސްފަތި) މެންދުރުފަހު 2:00 – 5:00 އަށް (ތުޅާދޫ ސްކޫލުގައި)
    • ގޮއިދޫ – މާޗު 18، 2016 (ހުކުރު) ހަވީރު 3:00 – 6:00 އަށް (ގޮއިދޫ ޕްރީ ސްކޫލުގައި)
    • އޭދަފުށި- މާޗު 19. (ހޮނިހިރު) ހެނދުނު 9:00 – 12:00 އަށް އަދި މެންދުރުފަހު 2:00 އިން 5:00 އަށް(މަލްޓިޕާޕާސް ހޯލުގައި)

ސްމޯލް މޯލްޑިވްސް އައިލެންޑް ކޮމްޕެނީން ހިންގާ އަމިއްލަ ފުށީ ރިސޯޓަށް އެކި ދާއިރާތަކަށް ބޭނުންވާ މުވައްޒަފުން ނެގުމަށް ކުރިން ބޭއްވި އޯޕަން ޑޭ އަށް ވެސް ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ. އެހެންވެ ފިނޮޅު ރިސޯޓަށް ބޭނުންވާ މުވައްޒަފުން ނެގުމަށް ބާއްވާ ފެއާ އަށްވެސް މިއަތޮޅުން ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށް އެކުންފުނިން ބުންޏެވެ.

ސްމޯލް މޯލްޑިވްސް އައިލެންޑް ކޮމްޕެނީއާ ހަވާލާދީ، ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ވެބްސައިޓެއްގައި ބުނެފައިވާ ގޮތުގައި ފިނޮޅު ރިސޯޓަކީ ފުރިހަމަ، ޒަމާނީ އަދި އަޖައިބުކުރުވަނިވި ރިސޯޓަކަށްވާނެ އެވެ.

އެ ރިސޯޓްގައި ހަދާފައިވާ އެއްގަމު ވިލާ އަދި މޫދު ވިލާތަކުގައި އެއް ކޮޓަރި އާއި ދެ ކޮޓަރީގެ ތަންތަން ހިމެނެ އެވެ. އަދި އެ ރަށުގައި ތަފާތު ހަތް ވައްތަރުގެ ވިލާ ހުންނައިރު ޕްރައިވެޓް ސްވިމިން ޕޫލް ހިމެނޭ ވިލާތައް ވެސް ހުރެއެވެ. އަދި އެ ރިސޯޓްގައި މުނިފޫހިފިލުވުމާއި ކަސްރަތުކުރުމަށް ހާއްސަ ކަންތައްތަކެއް ހިމަނާފައިވެ އެވެ.

ސްމޯލް މޯލްޑިވްސް އިން ހިންގާ 71 ކޮޓަރީގެ ހިތްގައިމު އަމިއްލަފުށި ރިސޯޓް ހުޅުވާފައި ވަނީ 2014 އަހަރުގެ ޑިސެމްބަރު 21ވަނަ ދުވަހު އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.