ބ. އަތޮޅު ޖުޑިޝަލް ދާއިރާގެ މެޖިސްޓްރޭޓްކަމުގެ މަގާމުގައި ހުންނެވި ބ. ކަމަދޫ، ދޫރެސް އަހުމަދު ޝުޖާއު ވެސް އެރަށު ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމަށް ހަމަޖައްސައިފަ އެވެ.
މާޗު 14 އިން ފެށިގެން އޭނާ އެ މަގާމަށް ހަމަޖެއްސީ ކަމަދޫގެ އާބާދީގައި 500 މީހުން ހަމަވެފައިވާތީ އެ ރަށު ކޯޓުގައި އިސްމެޖިސްޓްރޭޓެއްގެ މަގާމު އުފެދުމުންކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ބުނެ އެވެ.