އަތޮޅު މަދުރަސާގައި ހަދާ ސައިންސް ލެބޯޓަރީ އާއި ލައިބްރަރީ ޢިމާރާތުގެ މަސައްކަތް ކަނޑައެޅިފައިވާ މުއްދަތަށް ނިންމާލެވޭނެ: ޕްރިންސިޕަލ

ދަރަވަންދޫގައި ހުންނަ އަތޮޅު މަދުރަސާގައި ހަދަމުންދާ ސައިންސް ލެބޯޓަރީ އާއި ލައިބްރަރީ ހިމެނޭ ޢިމާރާތުގެ މަސައްކަތް ކަނޑަ އެޅިފައިވާ މުއްދަތަށް ނިންމާލެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމުގައި ބ. އަތޮޅު މަދުރަސާގެ ޕްރިންސިޕަލް ޝަރީފާ ސަޢީދު ވިދާޅު ވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ މި ޢިމާރާތުގެ މަސައްކަތާ ބެހޭ ގޮތުން އީޓީއަށް ދެއްވި ޚާއްސަ އިންޓަވިއު އެއްގައެވެ.

ކޮންކްރީޓުގެ ހުރިހާ މަސައްކަތެއް ނިމި، ތިރީ ބަޔާއި މަތީ ބައިގެ ފާރު ރާނާ ނިމެމުންދާ 2ބުރި ޢިމާރާތުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހު އެވެ. މި މަސައްކަތް ޙަވާލު ކޮއްފައިވަނީ ދަރަވަންދޫގެ ކޮންސްޓްރަކްޝަން ގްރޫޕެއް ކަމުގައިވާ ” ޕިލާ ކޮންސްޓްރަކްޝަންސް އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ” އާ އެވެ.

ކުރިން އެއް ބުރިއަށް ހަދަން ޚިޔާލުކުރި މި ޢިމާރާތް ނުނިމި ދިގުލައިގެން ދިޔައީ ދެ ބުރިއަށް ހަދަން ޕީޓީއޭ އިން ބޭނުންވެގެން ޢިމާރާތުގެ އިންފްރާސްޗަކްޗާ އަށް ގެނެވުނު ބަދަލަކުން ކަމުގައިވެސް ޝަރީފާ ވިދާޅުވި އެވެ.

” މަސައްކަތުގެ ހުރިހާ ކަމެއްވެސް ކުރިއަށް ދަނީ ވަރަށް ބަރާބަރަށް. ކަނޑަ އެޅިފައިވާ މުއްދަތަށް މަސައްކަތް ނިންމާލެވޭނެ ކަމުގެ އުއްމީދު އެބައޮތް އިރާދަ ކުރެއްވިއްޔާ. އަޅުގަނޑު ދަންނަވާނީ މީ ހަމަ މި މަދުރަސާގެ ޕީޓީއޭގައި ތިއްބެވި ހީވާގި ބެލެނިވެރިންގެ މިންނެތް މަސައްކަތޭ. އެބޭފުޅުން (ޕީޓީއޭ) ކޮންމެ ދުވަހަކުވެސް ބައްލަވާނެ މަސައްކަތް ހިނގާ ނުހިނގާ ގޮތް ” އެހެން އަންހެން ބޭފުޅުންނަށް ނަމޫނާ މިސާލެއްފަދަ ކެރޭ، ހީވާގި ޕްރިންސިޕަލް ޝަރީފާ އީޓީއަށް ވިދާޅުވި އެވެ.

އަދިވެސް އިތުރަށް ޝަރީފާ ވިދާޅުވި ގޮތުގައި، މި ޢިމާރާތް ހެދުމަށް ބެލެނިވެރިން ކޮއްފައިވާ މަސައްކަތަށް މިއަތޮޅު ކޮމެޓީގެ ފަރާތުން 000،25 ރުފިޔާ ދެއްވާފައިވާ ކަމަށާއި މިއަތޮޅު ކުންފުނަދޫގައި ހިންގާ ސޮނެވާ ފުށި ބައި ސިކްސް ސެންސަސްގެ ފަރާތުންވެސް ވަރަށް ބޮޑު ހޭދައެއް ކުރައްވާފައިވާކަން ޝުކުރުވެރި ކަމާއެކު ފާހަގަ ކުރައްވާ ކަމަށެވެ. އެހެން ނަމަވެސް ސޮނެވާ ފުށިން ވެދެއްވީ ކިހާ ވަރެއްގެ ހޭދައެއް ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.

އަތޮޅުމަދުރަސާގެ ޕީޓީއޭ އަކީ، މިއަތޮޅުގެ އެހެން ރަށްރަށުގެ ޕީޓީއޭ ތަކާއި ޚިލާފަށް މަދުރަސާގެ ކުރިމަގަށް ގިނަ ގުނަ ގުރުބާނީތަކެއް ވަމުން އަންނަ ޖަމިއްޔާ އެކެވެ.

އަދި މިއަތޮޅު މަދުރަސާއަކީ ތަޢުލީމީ ގޮތުން ގިނަ ގުނަ ކާމިޔާބީތަކެއް ހޯދަމުން އަންނަ މަދުރަސާ އެކެވެ.

އަދި ސޮނެވާ ފުއްޓަކީ މި އަތޮޅުގެ އެހެން ރިސޯޓު ތަކާއި ތަފާތުކޮށް އަތޮޅުގެ ތަރައްގީއަށް ގިނަ ގުނަ އެހީވަމުން އަންނަ ރިސޯޓެކެވެ.

— މުޙައްމަދު އަފްރާހް

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.