މާރެސް އިން ބާއްވާ އަތޮޅު އަންހެން ވޮލީ މުބާރާތް ހުކުރުދުވަހު ފަށަނީ

Maares

ބ. މާޅޮސް ރެކްރިއޭޝަން އެންޑް އެންވަޔަރުމަންޓް ސޮސައިޓީ (މާރެސް) އިން ބާއްވާ 1 ވަނަ އަންހެންޑިވިޝަން އަތޮޅު ވޮލީ މުބާރާތް އަންނަ ހުކުރު ދުވަހު ފަށަން ތައްޔާރުވެއްޖެ އެވެ.

ބ. އަތޮޅުގެ ރަށްރަށަށް ހުޅުވައިލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި މާޅޮހުގެ އިތުރުން ވާދަކުރަނީ ދަރަވަންދޫ އާއި ކަމަދޫ އެވެ.

މާރެސް ޖަމިއްޔާއިން ބުނިގޮތުގައި އަތޮޅުގެ ގިނަރަށްރަށުން މި މުބާރާތުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ފާޅުކުރި ނަމަވެސް ރަށްރަށުގައި މިވަގުތު ތިބި އަންހެން ވޮލީކުންތެރިން މަދުވުމާއި ދަތުރުފަތުރުގެ ދަތިކަމުގެ ސަބަބުން ގިނަ ޓީމުތަކަށް މިއަހަރުގެ މުބާރާތުގައި ވާދަކުރުމަށްވަނީ ދަތިކަމަކަށްވެފަ އެވެ.

މި މުބާރާތުގެ މަގުސަދަކީ އަތޮޅުުގައި ތިބި ވޮލީބޯޅައަށް ޝައުގުވެރިވާ ފަރާތްތަކަށް މުބާރާތެއްގައި ވާދަކޮށްލުމުގެ ފުރުސަތު ހޯދައިދިނުމާއި ކުޅުންތެރިންގެ މެދުގައި އެކުވެރިކަމާއި ވޮލީގެ ހުނަރު އިތުރުކުރުމެވެ. މުބާރާތް ކުރިއަށްދާނީ މާޅޮހުގައި، މާރޗް 18 ން 22 ގެ ނިޔަލަށެވެ.

މާރެސް އިން އަންނަނީ މީގެ 9 އަހަރުކުރިން ފެށީގެން ފިރިހެން ޑިވިޝަންގެ ވޮލީމުބާރާތެއް އަތޮޅަށް ހުޅުވާލައިގެން އެރަށުގައި ބާއްވަމުންނެވެ. އެ ޖަމިއްޔާގެ

“އުއްމީދަކީ ފަދައިން، އެ މުބާރާތް ފަދައިން މިމުބާރާތުގެވެސް ފޯރި އިތުރުވެ، އެއްއަހަރުން އަނެއް އަހަރަށް މުބާރާތުގައި ވާދަކުރާޓީމުތައް އިތުރުވެ، މުބާރާތުގެ ފެންވަރު ރަނަގަޅުވެ، ގައުމީ ފެންވަރުގެ މޮޅެތި ކުޅުންތެރިން މި މުބާރާތުން ފެނިގެންދިން،” މާރެސް އިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.