“މާރެސް” އަންހެން ވޮލީ މުބާރާތް ފަށައިފި

"މާރެސް" ވޮލީ މުބާރާތުގެ ތެރެއިން – ފޮޓޯ / މާރެސް
“މާރެސް” ވޮލީ މުބާރާތުގެ ތެރެއިން – ފޮޓޯ / މާރެސް

އަންހެނުންނަށް ޚާއްސަކޮށްގެން ބ. މާޅޮހު ރެކްރިއޭޝަން އެންޑް އެންވަޔަރަންމަންޓް ސޮސައިޓީ (މާރެސް) ގެ ފަރާތުން މުޅި އަތޮޅަށް ހުޅުވާލައިގެން ބާއްވާ ވޮލީ މިއަދު ހަވީރު އެރަށުގައި ފަށައިފި އެވެ.

މި މަހު 22 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ތިން ޓީމަކުން ވާދަކުރެ އެވެ. އެއީ މާޅޮހުގެ އިތުރުން ކަމަދޫ އާއި ދަރަވަންދޫ އެވެ.

މުބާރާތް ހުޅުވައިދެއްވީ ބ. އަތޮޅު ކައުންސިލުގެ މެންބަރު އިބްރާހިމް ރަޝީދު އެވެ.

މުބާރާތް ހުޅުވުމުގެ ގޮތުން ހަވީރު ކުޅުނު މެޗުގައި މާޅޮހުގެ ހުނަރުވެރި އަންހެން ވޮލީ ކުޅުންތެރިންގެ މޮޅު ކުޅުމާ އެކު ކަމަދޫ އާ ދެކޮޅަށް ނިކުމެ މާޅޮހުން ވަނީ މެޗު ކާމިޔާބުކޮށްފަ އެވެ.

"މާރެސް" ވޮލީ މުބާރާތުގެ ތެރެއިން – ފޮޓޯ / މާރެސް
“މާރެސް” ވޮލީ މުބާރާތުގެ ތެރެއިން – ފޮޓޯ / މާރެސް

އެ ޓީމު މި މެޗު ކާމިޔާބުކޮށްފައި ވަނީ 3- 1 ސެޓުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ މާޅޮހު ޓީމުގެ ހައްވާ ޝިފާނާޒް އެވެ.

މިއަދުގެ މެޗަށް ކަމަދޫ ޓީމު މާޅޮހަށް އައުމުން ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ.

0de2a9d90b3e3243d9e3403230b04e8ee54f510e7dc5c2aa7247bed74312e368-746x420

މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލު ކުރާނީ ދަރަވަންދޫ އާއި މާޅޮސް ޓީމެވެ.

މި މުބާރާތަކީ އަތޮޅުގައި ތިބި ވޮލީބޯޅައަށް ޝައުގުވެރިވާ އަންހެން ކަނބަލުންނަށް މުބާރާތެއްގައި ވާދަކޮށްލުމުގެ ފުރުޞަތު ހޯދައިދިނުމުގެ އިތުރުން ކުޅުންތެރިންގެ މެދުގައި އެކުވެރިކަމާއި އަންހެން ވޮލީ ކުޅުންތެރިންގެ ހުނަރު އިތުރު ގޮތުން މާރެސް ޖަމިއްޔާއިން ފެށި މުބާރާތެލެވެ.
މީގެ އިތުރުން ފިރިހެން ވޮލީއެކޭ އެއްފަދައިން އަންހެން ވޮލީވެސް ކުރިއަރާ މީހުންގެ މެދުގައި މިހާރަށް ވުރެ މަޤްބޫލު ކުޅިވަރަކަށް ހެދުމަކީ އުއްމީދެއް ކަމަށް މާރެސް ޖަމިއްޔާ އިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.