ޗެމްޕިއަންކަން ލައިފް އެކްސްޕީރިއަންސް އާއި އެފް އެންޑް ބީ ވެލްނަސް ޓީމު ހޯދައިފި

12496127_10153677550429830_802201229991294420_o

ސޮނެވާފުށީ އިންޓަ ހައުސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ލައިފް އެކްސްޕީރިއަންސް ޓީމާއި އެފް އެންޑް ބީ ވެލްނަސްޓީމު އެވެ.

ލައިފް އެކްސްޕީރިއަންސް ޓީމު މުބާރާތުގެ ޑިވިސަން އޭ ގެ ޗެމްޕިއަންކަން ހޯދީ ރޭ ފައިނަލުގައި 4-1 އިން އެފް އެންޑް ބީ އޯގާނިކް ބަލިކޮށްފަ އެވެ. ޑިވިޝަން ބީގެ ޗެމްޕިއަންކަން އެފް އެންޑް ބީ ވެލްނަސް ޓީމު ހޯދީ އެޗްއާރު ލޯކަލް ޓީމު 5-0 އިން ބަލިކުރުމަށްފަހު އެވެ.

މުބާރާތުގެ ޑިވިސަން އޭ ގެ އެންމެ މޮޅު ހަ ކުޅުންތެރިންނަށް ހޮވުނީ އަބްދުﷲ ނިހާދު އާއި އަޒުނީމް އާއި އާދަމް ނިޒާމުގެ އާއި ހުސައިން ހާރިސްގެ އިތުރުން އަބްދުލްމަޖީދު އިބްރާހިމް އާއި މުހައްމަދު ޝިޔާމު އެވެ.

12496127_10153677550429830_802201229991294420_o

ޑިވިސަން ބީގެ އެންމެ މޮޅު ހަ ކުޅުންތެރިންނަކީ އަހުމަދު ޝަރީފު، މުހައްމަދު ނިޝާހު، ރުސްދާން، އަލީ ޒާފިރު، ހަސަން އަރީން އަދި އިބްރާހިމް ރަޝީދު އެވެ.

ޑިވިސަން އޭ އިން އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް އަޒްމީން އަބްދުއްސައްތާރު ހޮވުނިއިރު ޑިވިސަން ބީ އެންމެ ގިނަ ގޯލް ސްކޯ ކުރީ މުހައްމަދު ނިޝާހު އާއި އަހުމަދު ޝަރީފު އެވެ.

މުވައްޒަފުންގެ މެދުގެ އެކުވެރިކަން އާލާ ކުރުމުގެ ގޮތުން އެ ރިސޯޓުގެ ފުޓްސަލް ދަނޑުގައި ބޭއްވި މި މުބާރާތުގައި ހަތަރު ހައުސްގެ ތެރެއިން ކޮންމެ ހައުސަކުންވެސް ދެ ޓީމެއް ވާދަކުރި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.