މާޅޮސް ބަލިކޮށް ދަރަވަންދޫގެ ފެށުން ރަނގަޅުކޮށްފި

e4c6d0e096ed9d262af2c5d04f299a1e2734e91f94b7ff6639ba07296bb2cd2d-696x519

ބ. މާޅޮހު މާރެސް ޖަމިއްޔާއިން އިންތިޒާމުކޮށްގެން އެރަށުގައި މިހާރު ކުރިއަށް އަންހެނުންގެ ވޮލީ މުބާރާތުގެ ދެވަނަ މެޗުގައި މިއަދު ހަވީރު މާޅޮސް އަތުން 3-1 ސެޓުން މޮޅުވެ ދަރަވަންދޫގެ ފެށުން ރަނގަޅުކޮށްފި އެވެ.

 

މާޅޮހު ވޮލީ ކޯޓުގައި ހަވީރު ކުޅުނު ފޯރިގަދަ މި މެޗުގައި ދެ ޓީމުންވެސް ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. މެޗުގެ ފުރަތަމަ ދެ ސެޓް ގެންދިޔައީ ދަރަވަންދޫ އެވެ. ނަމަވެސް ތިންވަނަ ސެޓު މާޅޮސް ޓީމުން ގެންދިއުމުން މެޗުގެ ފޯރި އިތުރަށް ގަދަވެގެން ދިޔައެވެ. 4 ވަނަ ސެޓު ގެންނަން މާޅޮސް ޓީމަށް މަޖުބޫރުވެފައިވީ ނަމަވެސް ދަރަވަންދޫ ޓީމުން އާދަޔާ ޚިލާފު ކުޅުމެއް ދައްކާ މި ސެޓުވެސް ދަރަވަންދޫ އިން ކާމިޔާބު ކުރިއެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދަރަވަންދޫ ޓީމުގެ މަރިޔަމް ސަނިއްޔާ އެވެ.

ބ. އަތޮޅަށް ހުޅުވާލައިގެން މި އަހަރު އަލަށް ފެށި މި މުބާރާތުގައި ވާދަކުރަނީ މާޅޮހާއި ދަރަވަންދޫގެ އިތުރުން ކަމަދޫ އެވެ.

މި މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ދަރަވަންދޫ އާއި ކަމަދޫ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.