މާޅޮހު ކައުންސިލުން އެރަށުގައި ފުޓްސަލު ދަނޑެއް އަޅަނީ

މާޅޮހުގައި ފުޓްސަލް ދަނޑުއަޅާ ސަރަހައްދުގެ ބިން ސާފުކުރަނީ -- ފޮޓޯ / މާޅޮސް ކައުންސިލް
މާޅޮހުގައި ފުޓްސަލް ދަނޑުއަޅާ ސަރަހައްދުގެ ބިން ސާފުކުރަނީ — ފޮޓޯ / މާޅޮސް ކައުންސިލް

ބ. މާޅޮހުގައި ފުޓްސަލް ދަނޑެއް އެޅުމުގެ މަސައްކަތް އެރަށު ކައުންސިލުން ފަށައިފި އެވެ.

މިދިޔަ ހަފްތާ ބަންދުގައި ފެށި މިމަސައްކަތުގެ ދަށުން މިހާރު ކުރެވެމުންދަނީ ދަނޑު އެޅުމަށް ހަމަޖެހިފައިވާ ބިންސާފުކޮށް ލެވެލް ކުރުމުގެ މަސައްކަތް ކަމަށް މާޅޮހު ކައުންސިލުން ބުނޭ.
މާޅޮހު ކައުންސިލްގެ ރައީސް އަބްދުﷲ ޝުޖާއު ވިދާޅުވީ ސަރުކާރުން ދެލައްކަ ހަތްދިހަހާސް ރުފިޔާއާއި، ކައުންސިލްގެ ފައިސާއާއެކު ކުރިޔަށްގެންދާ މިމަޝްރޫއުގެ ދަށުން ރާއްޖޭގެ ރަށްރަށުގައި މިހާރު ތަރައްޤީކުރަމުންދާ ފުޓްސަލް ދަނޑުތަކާ އެއްފެންވަރުގެ ދަނޑެއް މާޅޮހުގައި ގާއިމް ކުރެވޭނެ ކަމަށެވެ.

ޝުޖާއު ވިދާޅުވި ގޮތުގައި މި މަސައްކަތް ކުރަނީ އަމިއްލަ ބަޔަކާ ހަވާލުކޮށްގެންނެވެ. އެގޮތުން މިހާރު ކުރެވެމުންދަނީ ބިންސާފުކޮށް ލެވެލް ކުރުމުގެ މަސައްކަތް ކަމަށާއި ދަނޑުގެ ވަށައިގެން ފެންސްޖަހާ ނިންމައި، ރޯދައިގެ ފަހުން އާންމުކޮށް ދަނޑު ބޭނުންކުރަން ފެށޭވަރުވާނެ ކަމަށް މާޅޮހު ކައުންސިލުން ބުންޏެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ކުޅިވަރު ކުޅޭނޭ ބިންތައް ތަރައްޤީކުރުމަށް ސަރުކާރުން ކުރިޔަށްގެންދާ މަޝްރޫއުގެ ދަށުން މިދިޔަ އަހަރު ބ. އަތޮޅު އޭދަފުއްޓާއި ތުޅާދޫގައި ސަރުކާރުގެ ހަރަދުގައި ވަނީ ފުޓްސަލް ދަނޑު އަޅައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.