ވޮލީ ފައިނަލަށް ދަރަވަންދޫ އާއި މާޅޮސް

މާރެސް ވޮލީ މުބާރާތުގައި ކަމަދޫ އާއި ދަރަވަންދޫ ކުޅެނީ
މާރެސް ވޮލީ މުބާރާތުގައި ކަމަދޫ އާއި ދަރަވަންދޫ ކުޅެނީ

ބ. މާޅޮހުގައި މިހާރު ކުރިއަށްދާ މާރެސް އަންހެން ވޮލީ މުބާރާތުގެ ފައިނަލަށް ދަރަވަންދޫ އާއި މާޅޮސް ދަތުރުކޮށްފި އެވެ.

ދަރަވަންދޫ މުބާރާތުގެ ފައިނަލަށް ދަތުރުކުރީ މުބާރާތުގައި މި ޓީމު ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވެގެން އެއްވަނަ ޓީމުގެ ގޮތުގަ އެވެ. މިއަދު ހަވީރު ކުޅުނު މެޗުން ކަމަދޫ މައްޗަށް ދަރަވަންދޫ ޓީމު ކުރި ހޯދީ ސީދާ ތިން ސެޓުންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ ދަރަވަންދޫގެ އައިމިނަތު މައުރޫޝާ އެވެ.

މާޅޮސް ޓީމަށް ފައިނަލުން ޖާގަ ލިބުނީ ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެގެން ދެވަނަ ޓީމުގެ ގޮތުގައެވެ.

މިއަދު މެޗުން ބަލިވެ މުބާރާތުން ކެޓި ނަމަވެސް ކަމަދޫ ޓީމު ބުނީ މުބާރާތުގައި އެ ޓީމު ދެއްކި ކުޅުމާދޭތެރޭ ހިތްހަމަ ޖެހޭ ކަމަށެވެ.

“މިއީ ފެށުމެއް. ދެން އޮންނަ މުބާރާތަކަށް ކަމަދޫން ރަނގަޅު ޓީމެއް ނެރޭނަން. ޓީމަށް އެހީތެރިވެދެއްވި ހުރުހާ ފަރާތްތަކަށްވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ޚާއްސަކޮށް ފޯސީޒަން ރިސޯޓް، ދި ހޯވްކްސް، ރީތި ބީޗު ރިސޯޓަށް،”

ބ. އަތޮޅުގެ ރަށްތަކަށް ހާއްސަ ކޮށްގެން މާޅޮހުގައި ކުރިއަށްގެންދާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.