ބ. އަތޮޅު ތައުލީމީ މަރުކަޒުގެ 19 އަހަރުން ދަށުގެ ޓީމުވެސް ފައިނަލަށް

12674569_10153512360128753_1347979953_n

މައިލޯ އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތުގެ 19 އަހަރުން ދަށުގެ ޓީމު އިވެންޓްގެ ފައިނަލަށް ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޓީމު ދަތުރު ކޮށްފި އެވެ.

އެ ޓީމު ފައިނަލުން ޖާގަ ހޯދީ މިރޭ ކުޅުނު ސެމީ ފައިނަލު މެޗުގައި ސީދާ ތިން ސެޓުން ވ. ކެޔޮދޫ ސްކޫލު ބަލިކުރުމަށްފަހު އެވެ. ފައިނަލުގައި ތައުލީމީ މަރުކަޒުގެ ޓީމާ ދެކޮޅަށް ކުޅޭނީ ސެންޓަ ފޯ ހަޔާ ސެކަންޑްރީ އެޑިޔުކޭޝަން (ސީއެޗްއެސްސީ) އެވެ. ފައިނަލު މެޗުން އޮންނާނީ މާދަމާރޭ 8:00 ގަ އެވެ.

މުބާރާތުގައި ބައިވެރިވި ތައުލީމީ މަރުކަޒުގެ 14 އަހަރުން ދަށުގެ ފިރިހެން ޓީމު ވެސް ވަނީ ފައިނަލަށް ދަތުރުކޮށްފަ އެވެ. އެ ޓީމު ފައިނަލަށް ދަތުރުކުރީ މިއަދު ހަވީރު އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް އަތުން 3-0 އިން މޮޅުވެގެންނެވެ. ފައިނަލުގައި މާދަމާ ހަވީރު 4:00 ގައި ތައުލީމާ މަރުކަޒުގެ 14 އަހަރުން ދަށުގެ ޓީމާ ދެކޮޅަށް ނުކުންނާނީ ނ. މޭނާ ސްކޫލެވެ.

މި މުބާރާތާތުގައި ބައިވެރިވި ތައުލީމީ މަރުކަޒުގެ 16 އަހަރުން ދަށުގެ އަންހެން ޓީމު ވަނީ ސެމީގައި މިރޭ ކެޔޮދޫ ސްކޫލުއަތުން ބަލިވެ މުބާރާތާ އަލްވަދާއު ކިޔަން ޖެހިފަ އެވެ. ކެޔޮދޫ ސްކޫލުން ތައުލީމީ މަރުކަޒުގެ ޓީމުގެ މައްޗަށް ކުރި ހޯދީ 3-0 އިންނެވެ.

ފައިނަލު މެޗުގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޓީމަށް ސަޕޯޓް ކުރުމަށް މާލޭގައި ދިރިއުޅޭ ވީހާވެސް ގިނަ ބަޔަކު ދިއުމަށް އެ ޓީމުން އެދެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.