މާރެސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ދަރަވަންދޫ އަށް

ދަރަވަންދޫ ޓީމު ކުޅުންތެރިން ތަށި ލިބުމުން އުފާފާޅުކުރަނީ.-- އީޓީ ފޮޓޯ: ތޯރިގް އަބްދުއްރަހްމާން
ދަރަވަންދޫ ޓީމު ކުޅުންތެރިން ތަށި ލިބުމުން އުފާފާޅުކުރަނީ.– އީޓީ ފޮޓޯ: ތޯރިގް އަބްދުއްރަހްމާން

ބ. އަތޮޅަށް ހުޅުވާލައިގެން މާޅޮހު އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ މާރެސް ޖަމިއްޔާ އިން އިންތިޒާމުކޮށްގެން ބޭއްވި “މާރެސް އެއްވަނަ ވޮލީ ބޯލް ޓޯނަމެންޓް، އަންހެން ޑިވިޝަން 2016” ގެ ފައިނަލްގައި މިއަދު މާޅޮސް ޓީމު އަތުން ސީދާ ތިން ސެޓުން މޮޅުވެ ދަރަވަންދޫ އިން ޗެމްޕިއަންކަން ހޯދައިފި އެވެ.

މިއަދު ހަވީރު މާޅޮހުގައި ކުޅުނު ފައިނަލު މެޗުގެ ސެޓުތައް ދަރަވަންދޫ ޓީމުން ގެންދިޔައީ 25-23، 25-19 އަދި 25-20 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ދަރަވަންދޫ ޓީމުގެ ޝިއުރާ އެވެ.

2

މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންނަކީ ދަރަވަންދޫގެ ޝިއުރާ އާއި ސަނިއްޔާ އާއި މަހުރޫޝާ އާއި މާޅޮސްގެ ޝިފާ އާއި ޝީރީން އަދި ކަމަދޫގެ ނަދީމާ އެވެ.

ތިން ޓީމު ވާދަކުރި މި މުބާރާތުގެ ޗެމްޕިއަންޓީމަށް 8000ރ. ދިނެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް ތައްޓާއި މެޑެލް ހަވާލުކޮށްދެއްވީ ބ. އަތޮޅު ކައުންސިލުގެ ނައިބް ރައީސް މަބުރޫކް ނަސީރު އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. ދަރަވަންދޫ ޓީމް

    މިފަދަ މުބާރާތްތަކުގެ ކަވަރޭޖް ގެނެސްދެވޭ އިރު، އެ ފަދަ ފަރާތްތަކުގެ ބަހެއް ހިމެނުމަކީ ވަރަށް މުހިއްމު ކަމެއްކަމުގައި ދެކެމެވެ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.