
ބ. އޭދަފުށީ ބިންހިއްކުމުގެ މަޝްރޫއު މިއަހަރު ބަޖެޓް ކުރެވިފައިވާތީ އެ މަޝްރޫއު ފެށުމުގެ ކުރިން އެކަމާ ބެހޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ބައްދަލުވުމެއް ބާއްވައިފިއެވެ.
އޭދަފުށީ މަލްޓިޕާޕަސް ހޯލުގައި އިއްޔެ ހެނދުނު ބޭއްވި މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓްރީގެ އިންޖިނިއަރު ބަރިއްޔާ ވިދާޅުވީ މިފަދަ ބައްދަލުވުމެއް މި ބާއްވަނީ މި ރަށުގެ ބިންހިއްކުމުގެ ކުރިން ރައްޔިތުންގެ ހިޔާލާ އެއްގޮތަށް ކުރިއަށް ގެންދުމަށް ކަމަށެވެ.
“މި ޕްރޮޖެކްޓް މިހާރު މިވަނީ މިކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް ހުޅުވާލުމުގެ މަރުހަލާގައި. ޝައުގުވެރިކަން ފާޅުކުރީމަ ބިޑަށް ހުޅުވާލާނީ. އަދި އޮތީ މިރަށުގެ އިރުދެކުނު ފަރާތުން ބާރާ ހެކްޓަރު ގެ ސަރަހައްދެއް ހިއްކާގޮތަށް، މުޅިން ޔަގީން ވާނީ އީއައޭ ހެދުމަށްފަހު”
ބަރިއްޔާ ވިދާޅުވީ އެންވަޔަރަމަންޓް އެސެސްމަންޓް (އީއައިއޭ) ރިޕޯޓް ހެދުމަށް މިހާރު ބަޔަކާ ހަވާލުކުރެވިފައިވާ ކަމަށާއި އަންނަ މަހުތެރޭ އީއައިއޭ ހައްދަވާ ބޭފުޅުން މިރަށަށް ވަޑައިގެން އެކަމުގެ ދިރާސާތައްވެސް ކުރައްވަން ފައްޓަވާނެ ކަމަށެވެ.
ބިންހިއްކުމުގެ މަޝްރޫއުގެ ޕްލޭނާ ބެހޭގޮތުން މައުލޫމާތު ދެއްވި ހައުސިން މިނިސްޓްރީގެ ބޭފުޅުން މިއަދު ވިދާޅުވީ އޭދަފުށީ ފަޅުން ހިއްކުމަށް ނިންމާފައިވަނީ 12 ހެކްޓަރު ނަމަވެސް އެއަށްވުރެ އިތުރުކުރެވޭތޯބެލުމަށް އީއައިއޭ ރިޕޯޓް ހައްދަވާ ބޭފުޅުންނަށް ދަންނަވާފައިވާނެ ކަމަށެވެ.
އަދި މި ޕްރޮޖެކަޓަކީ ހަމައެކަނި ބިންހިއްކުމުގެ ޕްރޮޖެކްޓެއް ކަމަށާއި މި ޕްރޮޖެކްގެ ދަށުން ބަނދަރެއް ހެދުމަށް ހަމަޖެހިފައިނުވާ ކަމަށެވެ. އެހެންކަމުން ބިން ހިއްކުމަށްފަހު އެ ސަރަހައްދު ދޫކޮށްލާފަ އޮންނާނީ ކަމަށާއި އެހެން ޕްރޮޖެކްޓެއްގެ ދަށުން ބަނދަރެއް ހެދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ހައުސިން މިނިސްޓްރީގެ ބޭފުޅުން ވިދާޅުވި އެވެ. ނަމަވެސް ފަޅު ހިއްކުމަށްފަހު ހިއްކާ ސަރަހައްދުގައި މޫދަށްއެރިއުޅުމަށް ވަކި ސަރަހައްދެއް ދޫކޮށް މި ޕްރޮޖެކްގެ ދަށުން ރިވެޓްމަންޓް ޖަހާނެކަމަށް އެ ބޭފުޅުން މައުލޫމާތު ދެއްވި އެވެ.
މި މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި އޭދަފުށީ ރައްޔިތުންގެ ފަރާތުން އެދިފައިވަނީ ހައުސިން މިނިސްޓަރު އާއި އެންވަޔަރަމަންޓް މިނިސްޓަރު އޭދަފުއްޓަށް ވަޑައިގެން މި މަޝްރޫއާބެހޭ ގޮތުން ސީދާ މިނިސްޓަރުން ރައްޔިތުންނާ ބައްދަލުކުރައްވާ މައުލޫމާތު ހިއްސާކުރެއްވުމަށެވެ.

ތިކަމެެެެއް ނުވާނެ….
ނުވާނެ ތި ކަމެއް ކޮށްފަ ދެއްކީމަ ގަބޫލުކުރާނީ.!
ތިކަން ވާނެބާ!!
ކޮބާ ވާހިދު އާ ކުޑޭ :ޕ
އޭދަފުށީ ރައްޔިތުން ދެ މިނިސްޓަރުން ގެންނަން އުޅުމުގެ ބޭނުމެއް ނުވިސްނޭ. ހަމަ ގައިމުވެސް ކަމުގެ މައުލޫމާތު ރަނގަޅަށް އިނގޭނީ ހައުސިން މިނިސްޓްރީގެ އިންޖިނޭރުންނަށް. މިނިސްޓަރު ގެނެސްގެން ތި ހިއްކަން އުޅޭ ސަރަހައްދުގެ ބޮޑުމިންވެސް ނޭގޭނެ. ކަންކަމުގެ ތަފްސީލް އިނގޭނީ އެމަސައްކަތް ރާވާ ހިންގާ މީހުންނަށް. މިނިސްޓަރު ގެނެސްގެން ބޮޑުތަނެއް ހިއްކުމަށް އެދެވިދާނެ. އަދި މިނިސަޓަރު އާ އެކޭވެސް ބުނާނެ. އެކަމަކު ބަޖެޓްގައި ނުހިމެނޭކަމެއް ނިންމަން ފަހުން ވާނީ ބޮޑުކަމަކަށް. އެހެންވީމައި މިފަދަ މީޓިން ތަކުގައި އެކަށިގެންވާ ސުވާލުކުރުމަކީ ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތް.
ިފަހަރު މިއޮތީ ލައްވާލާފައި. އޭދަފުށި މީހުން މިފަހަރު ހަދާނީ ހަދާނެ އެއްޗެއް. އެކަމާ އެއްވެސް ބަޔަކު ދެރަފުޅު ވާނެކަމެއްނެތް. 30 އަހަރުގެ ރަން ޒަމާނުގަވެސް އޭދަފުށީމީހުން އެކުޅިކުޅުނު. ދެންވެސް އޭދަފުއްޓާ ދިމާކުރުން ހުއްޓާލާ.
ކުދިންނޭ ހަމަ އެހައްދަނީ 2013 އަށް ..