ބެޑްމިންޓަން ޓީމަށް ހޫނު މަރުހަބާއެއް ކިޔަން ތައްޔާރުވަނީ

ddd

މާލޭގައި ކުރިއަށް ދިޔަ އިންޓަ ސްކޫލު ބެޑްމިންޓަން މުބާރާތުން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ބެޑްމިންޓަން ޓީމު ހޯދި ކާމިޔާބީއަށްފަހު ޓީމު އެނބުރި މިއަދު ރަށަށް އަންނަ އިރު ހޫނު މަރުހަބާއެއް ކިޔުމަށް ތައްޔާރުވަމުން އެބަދެއެވެ.

ޓީމަށް މަރުހަބާ ކިޔުމުގެ ކަންތައް އިންތިޒާމުކުރަނީ ބ. އަތޮޅު ތައުލީމީ މަރުކަޒުންނާއި ސްކޫލުގެ ޕީޓީއޭ ގުޅިގެންނެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނީ މިއަދު ހަވީރު 5:15 ހާއިރު ބެޑްމިންޓަން ޓީމުގެ ކުޅުންތެރިންނަށް މަރުހަބާ ކިޔުމަށް ރަސްމީ ފާލަން ދޮށަށް ވީހާވެސް ގިނަ ބަޔަކު ދިއުމަކީ އެ ސްކޫލުގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

ބެޑްމިންޓަން މުބާރާތުން ތައުލީމީ މަރުކަޒަށް ލިބުނު ކާމިޔާބީތައް

    19 އަހަރުން ދަށް (ފިރިހެން) ގޯލްޑް މެޑަލް – ޗެމްޕިއަން
    14 އަހަރުން ދަށް (ފިރިހެން) ރަނާއަޕް – ރިހި މެޑަލް
    16 އަހަރުން ދަށް (އަންހެން) ތިނަވަނަ – ބްރޯޒް މެޑަލް

މި މުބާރާތުން ތައުލީމީ މަރުކަޒުގެ 19 އަހަރުން ދަށުގެ ޓީމު ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ސީއެޗްއެސްސީ ޓީމުގެ މައްޗަށް ކުރިހޯދައިގެންނެވެ. ތައުލީމީ މަރުކަޒުގެ ޓީމު ވަނީ ސީއެޗްއެސްސީ ޓީމު 3-2 ސެޓުން ބަލިކޮށްފަ އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޓީމު މި ހޯދި ކާމިޔާބީއާ ގުޅިގެން ޓީމުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުންނަށް އަދި ޓީމަށް ”އީޓީ” ންނާއި ރަށުގެ ހުރިހާ ރައްޔިތުންގެ ނަމުގައި އަދިވެސް އެއްފަހަރު ހޫނު މަރުހަބާއެއް ކިޔަމެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.